ވޯލްޑްކަޕް-22 ދުނިޔޭގެ އެންމެ ގިނަ ރެކޯޑް ހެދި ކުޅުންތެރިއަކަށް ރޮނާލްޑޯ

ދުނިޔޭގެ އެންމެ ގިނަ ރެކޯޑް ހެދި ކުޅުންތެރިއަކަށް ރޮނާލްޑޯ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަގްވާމީ 196 ލަނޑުޖަހައި، ދުނިޔޭގެ ރެކޯޑާ ހަމަކޮށްފައިވާއިރު، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހު މޮރޮކޯއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް މިވަނީ ބެންޗުގައި މަޑުކުރަން ޖެހިފައެވެ.


ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ގަދަ 16 އިން ސްވިޒަލޭންޑް ޕޯޗުގަލް މޮޅުވި މެޗުގައިވެސް، ފަސް ފަހަރު ބެލޮން ޑިއޯ ކާމިޔާބުކުރި ކުޅުންތެރިޔާ ބާކީކޮށް، އުތުރު އެފްރިކާއާ ދެކޮޅަށް ވެސް އެފަދަ ލައިންއަޕެއް ދަމަހައްޓައިފަ އެވެ.

ބްރޫނޯ ފެނާންޑޭސް، ބާނާޑޯ ސިލްވާ އަދި ޖޮއާއޯ ފެލިކްސްގެ އެހީތެރިކަމާއެކު 6-1 އިން މޮޅުވި މެޗުގައި ހެޓްރިކް ހެދި ގޮންކަލޯ ރާމޯސް ވަނީ މޮރޮކޯއާއި ދެކޮޅަށް ޕޯޗުގަލް ނިކުތްމެޗްގައި މާބޮޑު އެދެވޭ ކުޅެއް ނުދެއްކިފައެވެ.

ސަންޓޯސްގެ ހަމައެކަނި ބަދަލަށް ޑިފެންސިވް މިޑްފީލްޑްގައި ވިލިއަމް ކާވަލްހޯގެ ބަދަލުގައި ރުބެން ނެވްސް ކުޅެން ނުކުތްއިރު، މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޖޮއާއޯ ކެންސެލޯ ވެސް ރޮނާލްޑޯއާއެކު ބެންޗުގައި މަޑުކުރުވިއެވެ.


މޮރޮކޯގެ ޑިފެންސަށް ދެ ބަދަލެއް ގެންނަން މަޖުބޫރުވެފައިވާއިރު، އަނިޔާގެ މައްސަލަތަކާ ގުޅިގެން ނާއިފް އަގުއާޑް އާއި ނައުސެއާ މަޒްރައުއީ އަށް ޕޯޗްގަލް އާއި ދެކޮޅަށް ނުކުތް މެޗްގައި ނުކުޅެވުނެވެ.

ޓެގް

ވޯލްޑްކަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.