ބޭރުދުނިޔެ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތަށް ސައުދީ ވަލީއަހުދު ދޯހާއަށް ވަޑައިގެންފި

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތަށް ސައުދީ ވަލީއަހުދު ދޯހާއަށް ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވޯލްޑް ކަޕް ހުޅުވުމަށް ސައުދީ ވަލީއަހުދު ދޯހާއަށް ވަޑައިގެންފި އެވެ

ރިޔާދު – ފީފާ ވޯލްޑް ކަޕް 2022 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ގަތަރަށް ވަޑައިގެންފި އެވެ.

ވަލީ އަހުދު ޤަތަރަށް މިވަޑައިގަތީ ޖީ20 ގެ ނަމުން މަޝްހޫރު ދުނިޔޭގެ ގަދަ 20 އިގްތިސާދުގެ ލީޑަރުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ނޮވެމްބަރު 15 ވަނަ ދުވަހު އިންޑޮނޭޝިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ސީދާ އިންޑޮނޭޝިއާއިންނެވެ.

ވަލީއަހުދުގެ މިދަތުރުފުޅުގައި އިންޑޮނޭޝިއާ، ދެކުނު ކޮރެއާ އަދި ތައިލެންޑަށް ދަތުރު ކުރެއްވިއެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުންނާއި ވިޔަފާރިވެރިންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގައި ބައިވެރިވެވަޑައިގެން އޭޝިއާގެ ބައެއް ސަރުކާރުތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވި އެވެ.

ޓެގް

ވޯލްޑްކަޕް ޤަތަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.