ބޭރުދުނިޔެ ނިއުޒީލެންޑްގެ މެދުތެރެއަށް 5.8 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

ނިއުޒީލެންޑްގެ މެދުތެރެއަށް 5.8 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވެލިންޓަން (ސެޕްޓެމްބަރު 22) – ބުރާސްފަތި ދުވަހުގެ ހަވީރު 5.8 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށް ނިއުޒީލެންޑްގެ ޖިއޮސައިންސް ރިސާޗް ސާވިސް ޕްރޮވައިޑަރުން ބުނެފި އެވެ.

އެއީ ރާއްޖެ ގަޑިން 14:07 ހާއިރު (0907 ޖީއެމްޓީ) ފްރެންޗް ފާސްގެ އިރުއުތުރުން 30 ކިލޯމީޓަރު ދުރުގައި 51 ކިލޯމީޓަރުގެ އަޑިން ކަމަށް ޖީއެންއެސް ސައިންސް އިން ބުނެ އެވެ.

މި ބިންހެލުން އަސަރު 43،000 އަށްވުރެ ގިނަ މީހުންނަށް އިޙްސާސް ކުރެވުނުކަމަށް ރިޕޯޓްކޮށްފައިވާއިރު، މިހާތަނަށް އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ނެތެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ މޫސުމީ ނުރައްކާތެރިކަން ރާއްޖެއަށްވެސް އަންނަނީ ފޯރަމުންނެވެ. އެގޮތުން މިފާއިތުވެދިޔަ މަހެއްހާދުވަހު ރާއްޖެއަށްވެސް ވަނީ ވަރަށްގަދައަށް ވިއްސާރަކޮށްފައެވެ.

ޓެގް

ނިއުޒިލޭންޑް ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.