ބޭރުދުނިޔެ

ރާނީގެ ސަންދޯކަށް އެންމެފަހުގެ އިޙްތިރާމް އަދާކުރުމަށް ގިނަބަޔަކު ރޭ ހަތަރު ދަމު ކިޔުގައި

އިނގިރޭސި ރާނީ ކްއީން އެލިބަތް 2 ގެ ސަންދޯކަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށް ރޭ ހަތަރު ދަމު ގިނަޢަދަދެއްގެ ބަޔަކުކިޔުގައި ތިބެފިއެވެ.

ބީބީސީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައްދޯކަށް އަދަބު އިހްތިރާމް އަދާކުރުމަށް މީހުންތައް ޖަމާވެފައިވާއިރު، އެ ކިއުގެ މުޅި ދިގުމިނުގައި ގާތްގަނޑަކަށް 3 މޭލު ހުންނާނެ ކަމަށެވެ .

ބީބީސީއިން ބުނާ ގޮތުގައި ބައެއް މީހުން އިށީނދެގެން ތިބިއިރު، ގިނަ މީހުން ތިބީ ކޮޅަށެވެ. އެހާގިނައިރު ކެއުމެއް ބުއިމެއް ނެތި މީހުންތައް ތިބެން ޖެހުމުން ބައެއް މީހުންނަށް ވަރުބަލިވުމުގެ އިޙްސާސް ކުރެވިފައިވާ ކަމަށާއި ނަމަވެސް ކަމާބެހެ ފަރާތްތަކުން ކާނާ އާއި ފެން ގެނައުމަށް ހިތްވަރު ދެމުން ދިޔަ ކަމަށްވެސް ބީބީސީގެ ރިޕޯޓްގައި ވެއެވެ.

ކިއުގެ ތެރޭގައި އެފަދަ ކޮމިއުނިޓީ ރޫހެއް އެބައޮތެވެ. މީހުން ފުރަތަމަ ފަހަރަށް އެކަކު އަނެކަކާ ބައްދަލުކުރާއިރު އެމީހުން ދަނީ އެކަކު އަނެކަކަށް ބަލަހައްޓަމުން، ބީބީސީއަށް މައުލޫމާތު ދިންމީހަކުބުނެފައިވެއެވެ.
ރަނީގެ ޖަނާޒާގެ ކަންކަން މުޅިން ނިމޭނީ މިމަހުގެ 19 ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close