ބޭރުދުނިޔެ

‘އިސްލާމީ އަގުތަކާ’ ހިލާފުވެފައިވާތީ ، ނެޓްފްލިކްސް އަށް ސައުދީ އާއި ޖީސީސީ އިން އިންޒާރު ދީފި

‘އިސްލާމީ އަގުތަކާ’ ހިލާފުވެފައިވާތީ ސްޓްރީމިން ޖަޔަންޓް ނެޓްފްލިކްސް އަށް ސައުދީ އަރަބިއްޔާ އާއި ޖީސީސީ އިން އިންޒާރު ދީފިއެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އާއި ޚާއްޞަކޮށް ސައޫދީން ޑިމާންޑްކޮށްފައި ވަނީ “އިސްލާމީ އަދި މުޖުތަމައުގެ އަގުތަކާއި އުސޫލުތަކާ” ހިލާފުވާ ކަމަށް ބެލެވޭ ހުރިހާ ކޮންޓެންޓެއް ނެޓްފްލިކްސް އިން ނައްތާލުމަށެވެ.

ކުޑަކުދިންނަށް ތައްޔާރުކޮށްފައިވާ ތަކެތި ހިމެނޭ ގޮތަށް ފަހުގެ މެޓީރިއަލްތަކަކީ ގަވާއިދުތަކާ ހިލާފު ތަކެތި ކަމަށް ސައުދީ އާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ މީޑިއާ ވޮޗްޑޮގްތަކުން ނެރުނު ބަޔާނެއްގައި އިންޒާރު ދީފައިވެ އެވެ.

އެކަމަކު ސައުދީގެ ދައުލަތުގެ ޓީވީން ދައްކާލި އެނިމޭޓެޑް ޝޯ ޖުރަސިކް ވޯލްޑް ކޭމްޕް ކްރިޓޭޝިއަސްގެ ބްލަރޑް ކްލިޕްތަކުގައި ފުރާވަރުގެ ދެ އަންހެން ކުދިން އެކަކު އަނެކަކަށް ލޯބިވާ ކަމަށް އިއުތިރާފުވެ ބޮސްދެ އެވެ.

ފްރާންސްގެ މައްސަލަ ބޮޑު ފިލްމު ކިއުޓީސްގެ ފޫޓޭޖްތައް ވެސް އަލް އެޚްބަރިޔާ ޓީވީން ނެރުނު ރިޕޯޓުގައި ހިމަނާފައިވާއިރު، ނެޓްފްލިކްސް އަކީ “ކުދިންގެ ދުޅަހެޔޮ ތަރުބިއްޔަތަށް ނުރައްކާވާ އަޚްލާގީ ގޯސް މެސެޖުތަކުގެ ސިނަމެޓިކް ކަވަރެއް” ކަމަށް ތުހުމަތުކޮށްފައިވާ ކެޕްޝަނެއް ހިމަނާފައިވެއެވެ.

އަލް އެޚްބަރިޔާގެ ވެބްސައިޓުގައި ނެރުނު އަނެއް ވީޑިއޯއެއްގައި ތުހުމަތުކޮށްފައި ވަނީ އެ ސްޓްރީމިން ހިދުމަތަކީ “އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މާބޮޑަށް ފޯކަސްކޮށްގެން އެއްޖިންސުން ގުޅުން ހިންގުން ކުރިއެރުވުން” ކަމަށެވެ.

އަދި މިފަދަ ތުހުމަތުތަކެއް ކުރި އާންމު ބައެއް ފަރާތްތަކާ އިންޓަވިއުކޮށް ވަގުތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވެއެވެ.

“ކުޑަކުދިންނަށް އަމާޒުކޮށްފައިވާ ކޮންޓެންޓް ހިމެނޭ ގޮތަށް މި ކޮންޓެންޓް ނައްތާލުމަށާއި ގާނޫނުތަކަށް ތަބާވާކަން ކަށަވަރު ކުރުމަށް [ނެޓްފްލިކްސް] އާއި ގުޅި،” ސައުދީ ޖެނެރަލް ކޮމިޝަން ފޯ އޯޑިއޯވިޝުއަލް މީޑިއާ އާއި ޖީސީސީ ކޮމިޓީ އޮފް އިލެކްޓްރޯނިކް މީޑިއާ އޮފިޝަލުންގެ ޖޮއިންޓް ބަޔާނުގައިވެ އެވެ.

އެ ޑިރެކްޓިވްތަކަށް އަމަލުކުރާ ގޮތް ކަމާބެހޭ ފަރާތްތަކުން ފޮލޯއަޕް ކުރާނެ ކަމަށާއި، “އަޅާލާފައިވާ ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާ ހާލަތެއްގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ” ކަމަށް އިންޒާރު ދީފައިވެ އެވެ.

މި ތުހުމަތު ތަކަށް ނެޓްފްލިކްސް އިން އެއްވެސް އެއްޗެއް އަދި  ނުބުނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close