ޓެކްނޮލޮޖީ ޓިކްޓޮކް ހެކް ކޮށް އެތައްބައެއްގެ ޒާތީ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ބުނާ ވާހަކަ ޓިކްޓޮކުން ދޮގުކޮށްފި

ޓިކްޓޮކް ހެކް ކޮށް އެތައްބައެއްގެ ޒާތީ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ބުނާ ވާހަކަ ޓިކްޓޮކުން ދޮގުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބިލިއަނަކަށް ވުރެ ގިނަ އެކައުންޓްތަކުން ޑޭޓާ އާއި ޒާތީ މައުލޫމާތު ވަގަށް ނަގާފައިވާނެ ކަމަށް ހެކަރުން ބުނި ނަމަވެސް ޓިކްޓޮކުން އެކަން ދޮގުކޮށްފިއެވެ.

ޓިކްޓޮކުން ބުނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ސައިބަރ ސެކިއުރިޓީއާ ހިލާފުވެފައިވާ ކަމުގެ އެއްވެސް އަސަރެއް ކޮށްފައި ނުވާކަމަށެވެ.

ޓްވިޓާގައި އާންމުކުރި ބަޔާނެއްގައި އެ ކުންފުނިން ބުނީ “ސެކިއުރިޓީ ބްރީޗެއްގެ އެއްވެސް ހެއްކެއް ނުފެނުނު” ކަމަށާއި ބްލޫމްބާގާ އެކު ހިއްސާކުރި އެހެން ވާހަކައެއްގައި ބުނެފައި ވަނީ ހެކަރުން ޕޯސްޓްކުރި ސޯސް ކޯޑަކީ “ޓިކްޓޮކްގެ ބެކްއެންޑް ސޯސް ކޯޑާ މުޅިން ގުޅުން ނެތް ކޯޑެއް” ކަމަށެވެ.

ސެކިއުރިޓީ ބްރީޗެއްގެ އަޑުތައް އެންމެ ފުރަތަމަ ފެތުރިފައިވަނީ ޓިކްޓޮކާއި ވީޗެޓް އެކައުންޓުން ވެސް ދެ ބިލިއަނަށް ވުރެ ގިނަ އެންޓްރީތަކުގެ މައުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ހޯދާފައިވާ ކަމަށް ބުނާ ހެކަރުންގެ ފޯރަމަކުން ކުރި ޕޯސްޓަކުންނެވެ. ނަމަވެސް ސައިބަރ ސެކިއުރިޓީ ރިސާޗަރު ޓްރޮއި ހަންޓް ފާހަގަކުރައްވާ ގޮތުގައި ހެކަރުން ފޯރުކޮށްދިން ޑޭޓާއަކީ ހުރިހާ ގޮތަކުން ވެސް ފެށުނީއްސުރެ އާންމުންނަށް ލިބޭނެ ޑޭޓާއެއް ކަމުން ހެކް ކުރެވިފައިވާ ކަމަށް އެއްގޮތަކަށް ވެސް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ޓިކްޓޮކްގެ ވެސް ބެލެނިވެރި ކުންފުނި މެޓާ އަށް މިދުވަސްކޮޅު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު، ޓެކް އިންޑަސްޓްރީގެ އެހެން ބައެއް ރިޕޯޓްތައް ބުނާގޮތުން، ކުޑަކުދިންނާ ގުޅޭ ޕްރައިވެސީ ޕޮލިސީތަކާ ގުޅިގެން 402 މިލިއަން ޑޮލަރުގެ ޖޫރިމަނާ އަކާއި މެޓާ އަށް ކުރިމަތިލާން ޖެހިދާނެ އެވެ.

ޓެގް

މެޓާ ޓިކްޓޮކް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.