ވިކްރަމް ވެދާގެ ޓްރެއިލާ ނެރޭނެ ތާރީހު އިއުލާންކޮށްފި!
ރިތިކް ރޯޝަން އާއި ސައިފް އަލީ ޚާންގެ ފޭނުން އިންތިޒާރު ކުރަމުންދާ ވިކްރަމް ވެދާގެ ޓްރެއިލާ ނެރޭނެ ތާރީހު އިއުލާންކޮށްފިއެވެ.
ވިކްރަމް ވެދާގެ ޓްރެއިލާ އޮންލައިންކޮށް ނެރުމަށް ފޭނުން އިންތިޒާރު ކުރަމުން ދިޔަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
ރިތިކް ރޯޝަން އާއި ސައިފް އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމުގެ ޓްރެއިލާ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް މިހާރުވަނީ އެފިލްމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން އިއުލާންކޮށްފަ އެވެ. .
ވިކްރަމް ވެދާގެ ޓްރެއިލާ އޮންލައިންކޮށް ނެރުމަށް ފޭނުން އިންތިޒާރު ކުރަމުން ދާއިރު، މިފިލް ވެގެންދާނީ ރިތިކް ރޯޝަން އާއި ސައިފް އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ ވަރަށް އާދަޔާ ޚިލާފު ފިލުމެއްކަމަށް ބައެއް ފަރާތަކުން ދަނީ ބުނަމުންނެވެ.
ފިލްމުގެ ޓްރެއިލާ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް މޭކަރުން ބުނެފައިވާއިރު އަދި މިފިލުމް ތިއޭޓަރުތަކަށް އަންނާނެ ދުވަހެއް އަންދާޒާވެސް ކޮށްލެވިފައި ނުވެއެވެ.

