ބޭރުދުނިޔެ 26 އަހަރުގެ ދަރިފުޅު އަމިއްލައަށް މަރުވުމުން މަންމަވެސް އަމިއްލައަށް މަރުވެއްޖެ

26 އަހަރުގެ ދަރިފުޅު އަމިއްލައަށް މަރުވުމުން މަންމަވެސް އަމިއްލައަށް މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުމްބާއީ (ސެޕްޓެމްބަރު 3): ގިނަބަޔަކު ސިއްސުވާލި މި ހާދިސާގައި ޕަލްގަރު ޑިސްޓްރިކްޓްގެ ވަޅަކަށް ފުންމާލައިގެން އުމުރުން 40 އަހަރުގެ އަންހެނަކު އަމިއްލައަށްވަނީ މަރުވެފަ އެވެ. މިހާދިސާ ހިނގީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު އެވެ. ފުލުހުންގެ އޮފިޝަލުން ބުނީ އެ އަންހެން މީހާ އަމިއްލަ އަށް މަރުވީ އޭނާގެ ދަރިފުޅު ގަހެއްގައި ދަންޖެހިފައި ހުރިތަން ފެނުމުން ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ޕަލްގަރުގެ ކަންދްރޭ ބުރޭ އަވަށުގައެވެ. އިންޑިއަން އެކްސްޕްރެސްގައި ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން މަރުވި މީހާގެ އާއިލާއިން މަންމަ އާއި ދަރިފުޅުގެ މަރުގެ މައުލޫމާތު ފުލުހުންނަށް ވެސް އަދި ހޮސްޕިޓަލަށް ވެސް އަންގައިދީ ފައެއް ނުވެ އެވެ. މި ހާދިސާގައި މަރުވެފައިވަނީ ޝައިލޭޝް ޕާޓިލް (26އ) އާއި އޭނާގެ މަންމަ ކަލްޕަނާ އެވެ.

ފުލުހުންގެ އޮފިޝަލުން ބުނި ގޮތުގައި ޝައިލޭޝް ކުރިން މަސައްކަތް ކުރީ މޯލެއްގަ އެވެ. އޭނާ މީހުން ޢާއްމުކޮށް ގޮސްނޫޅޭ ހިސާބެއްގައި ހުރި ގަހެއްގައި ދަންޖެހިފައި ހުރިތަން ފެނުމުން އޭނާގެ މަންމަ ކަލްޕަނާ ވަޅަކަށް ފުންމާލި،” ފުލުހަކު ބުންޏެވެ. ފުލުސް އޮފިސަރު އިތުރަށް ބުނީ މަރުވި މަންމަ އާއި ދަރިފުޅުގެ ޢާއިލާގައި، ކަލްޕަނާގެ ފިރިމީހާ އާއި އަންހެން ދަރިއަކު އެބަތިބި ކަމަށެވެ.

މިކަން ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ ގޮތުން ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. އަދި ފުލުހުންނަށް އެކަން އަންގާފައިނުވާތީ އެ މީހާގެ އާއިލާގެ މައްސަލަ ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ޓެގް

މަރުގެ ހާދިސާތައް އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.