ބޭރުދުނިޔެ ނިއުޔޯކުގައި 21 އަހަރުން ދަށުގެ އެއްވެސް މީހަކު “ދަޅު ވިޕްޑް ކްރީމް” ގަތުމަކީ ގާނޫނާ ހިލާފު ކަމެއް

ނިއުޔޯކުގައި 21 އަހަރުން ދަށުގެ އެއްވެސް މީހަކު “ދަޅު ވިޕްޑް ކްރީމް” ގަތުމަކީ ގާނޫނާ ހިލާފު ކަމެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނިއުޔޯކުގައި 21 އަހަރުން ދަށުގެ އެއްވެސް މީހަކު ދަޅު ވިޕްޑް ކްރީމް ގަތުމަކީ މިހާރު ގާނޫނާ ހިލާފު ކަމެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.

2021 ވަނަ އަހަރު ނެރުނު ގާނޫނަކުން ނިއުޔޯކުގެ 21 އަހަރުން ދަށުގެ ރައްޔިތުންނަށް ވިޕްޑް ކްރީމް ދަޅު ގަތުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާފައިވާއިރު، މި ގާނޫނުގެ ބޭނުމަކީ ދަޅު ވިޕްޑް ކްރީމްގައި ހުންނަ ނައިޓްރަސް އޮކްސައިޑް ގެ ސަބަބުން ފުރާވަރުގެ ކުދިންނަށް ނޭވާލާން އުނދަގޫވެ ދިމާވާ ސިއްހީ މައްސަލަތައް ހުއްޓުވުމެވެ.

ނިއުޔޯކް ސިޓީގެ ކޮންމެ 5 ޒުވާނުންގެ ތެރެއިން އެކަކަށް ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވެފައިވާއިރު އިންހެލެންޓް ބޭނުންކުރާ ކަމަށް ޑީއީއޭ އިން ބުނެއެވެ.

މިޤާނޫނަށް އެމެރިކާގައި އަމަލު ކުރަންފަށައިފައިވަނީ2021  ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.

“އިންހެލެންޓްސް އަކީ އާންމު ގޭތެރޭގެ އުފެއްދުންތަކުގައި ހުންނަ ނުފެންނަ، ހޫނުގަދަ މާއްދާތަކެއް ކަމުން ނޭވާލާ ކެމިކަލް ހޫނުތައް އުފައްދައި ސައިކޯއެކްޓިވް ނުވަތަ ސިކުނޑި ބަދަލުކުރާ އަސަރުތައް ކުރާ، އެއްޗެއްކަމަށް އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަންގެ ފެކްޓްޝީޓެއްގައިވެ އެވެ.

ނޭވާލާ ނިޒާމަށް މައްސަލަ ދިމާވެ ނޭވާލާން ފަސޭހަކުރުމަށްޓަކައި ތަފާތު އާލާތްތައް ބޭނުން ކުރަންޖެހުމަކީ ތަކެތި ބޭނުންކުރުމަކީ “ސިކުނޑީގެ ވިސްނުމާއި، ހަރަކާތްތެރިވުމާއި، ފެނުމާއި، އަޑުއިވުން ކޮންޓްރޯލްކުރާ ބައިތަކަށް ގެއްލުން ލިބިދާނެ” ކަމެކެވެ.

ޓެގް

ނިއުޔޯކްސިޓީ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.