ބޭރުދުނިޔެ ކުށްލި ގޮތަކަށް މަރުވި އެކްޓަރު ސޮނާލީ އަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ޕޯސްޓްމޯޓަމުން ދައްކައިފި

ކުށްލި ގޮތަކަށް މަރުވި އެކްޓަރު ސޮނާލީ އަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ޕޯސްޓްމޯޓަމުން ދައްކައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މދިޔަ އަންގާރަ ދުވަހު ކުށްލިގޮތަކަށް މަރުވި އެކްޓަރ ސޯނާލީ ފޮގަޓްގެ ޕޯސްޓް މޯޓަމް ރިޕޯޓުން އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާގެ ނިޝާންތައް ހާމަވާ ކަމަށް ސޮނާލީ ފޮގަޓްގެ ބޭބެ ބުނެފި އެވެ.

މަރުވި އެކްޓަރު އަދި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ލީޑަރު ސޮނާލީ ފޮގަޓްގެ ބޭބެ ބުރާސްފަތި ދުވަހު ބުނީ އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓުން އޭނާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތަކެއް ހުރި ކަމަށެވެ.

“ރަނގަޅު ތަހުގީގެއް ހިންގަންޖެހޭ. ޕޯސްޓް މޯޓަމް ރިޕޯޓުގައި ބުނަނީ އޭނާގެ (ސޮނާލީ ފޮގަޓް) ހަށިގަނޑުގައި އަނިޔާގެ ނިޝާންތަކެއް ހުރި ކަމަށް،” ފޮގަޓްގެ ބޭބެ ރިންކޫ ޑާކާ ބުންޏެވެ.

ގޯއާގެ ފުލުހުން ބުރާސްފަތި ދުވަހު ބުނީ އެކްޓަރުގެ ހަށިގަނޑުން ތޫނު އެއްޗަކުން ހަމަލާއެއް ދީފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.

ބުރާސްފަތި ދުވަހު ގޯއާ ގެ ފުލުހުން ވަނީ ފޮގަޓް ގެ މަރުގެ މައްސަލައިގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް މަރުގެ މައްސަލައެއް ވެސް ރަޖިސްޓްރީ ކޮށްފައެވެ.

އޭއެންއައި ނިއުސް އެޖެންސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕޯސްޓް މޯޓަމަށްފަހު ފޮގަޓްގެ ހަށިގަނޑު މިރޭ ދިއްލީއަށް ގެންނާނެއެވެ.

ޓެގް

މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.