ބޭރުދުނިޔެ

ސައުދީގެ ވަލީއަހުދުގެ ރުއާ އަލް މަދީނާ މެގަ މަޝްރޫއު ފަށްޓަވައި ދެއްވައިފި

ރިޔާޟް – ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން “ރުއާ އަލް މަދީނާ މެގަ މަޝްރޫއު” ފައްޓަވައިދެއްވާ އެމަޝްރޫޢޫގެ މާސްޓާ ޕްލޭން ހާމަކުރައްވައިފިއެވެ.

ސައޫދީގެ ކައުންސިލް އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް އެފެއާޒް އާއި ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ޗެއާމަންކަން ކުރައްވާ ވަލީއަހުދު ވިދާޅުވީ ސައުދީ ވިޝަން 2030 އާ އެއްގޮތަށް މި މަޝްރޫއުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި އުމްރާ ހައްޖުވެރިންގެ ހޯސްޓިން ކެޕޭސިޓީ 30 މިލިއަނަށް މަތިކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. ސައުދީ ޕްރެސް އެޖެންސީން ރިޕޯޓުކޮށްފައިވެ އެވެ.

ޕީއައިއެފްގެ ރޫއާ އަލް މަދީނާ ހޯލްޑިން ކޯ އިން ތަރައްގީކުރާ މި މަޝްރޫއުގެ ބޮޑުމިނުގައި 1.5 މިލިއަން އަކަމީޓަރު ހިމެނޭނެ ކަމަށް ރިޕޯޓުގައިވެ އެވެ.

އަދި ނުވަ ބަސް ސްޓޮޕަކާއި މެޓްރޯ ސްޓޭޝަނަކާއި ސެލްފް ޑްރައިވިން ވެހިކަލްތަކަށް ޓްރެކްތަކާއި ބިމުގެ އަޑީގައި ޕާކިން ހެދުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ވަޒީފާގެ ގިނަ ފުރުސަތުތަކެއް އިތުރުވެ، ހައްޖުވެރިންނަށް ޒަމާނީ އިސްލާމީ އަދި ސަގާފީ މަންޒިލެއްގެ ގޮތުގައި މަދީނާގެ ދަރަޖަ މަތިކޮށް، ސައޫދީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުން މި މަޝްރޫއުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ރުއާ އަލް މަދީނާ ހޯލްޑިންގ އިން ވިދާޅުވީ ސައުދީ ވިޝަން 2030 ގައި ބަޔާންކޮށްފައިވާ ހައްޖާއި އުމްރާއާއި ދަތުރުފަތުރުގެ ދާއިރާތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވުމުގެ އިތުރުން އެ ތަރައްގީގެ ސަބަބުން އެ ސިޓީގެ ސަގާފީ އަދި އާކިޓެކްޗަރަލް ތަރިކަ އާލާވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގައި މުޙައްމަދު ނަބިއްޔާއާއި އެނަބިއްޔާގެ ޞަޙާބީންގެ ތަރިކައަށް ވަރަށް ބޮޑު މުހިންމުކަމެއް ލިބިފައިވާ އެތައް ތާރީޚީ އާސާރީ ބިނާތަކެއް ދައްކާލާނެ ކަމަށާއި، މާތް ސިޓީގެ ޚާއްޞަ ތަރިކަ ހުރިހާ އިމާރާތްތަކާއި ވަސީލަތްތަކުގެ ޑިޒައިންއިން ފެންނާނެކަމަށްވެސް ޕްރޮޖެކްޓްގެ މާސްޓަ ޕްލޭންގައި ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close