ބޭރުދުނިޔެ

މުރުތައްދު ސަލްމާން ރުޝްދީއަށް ދެވުނު ހަމަލާގެ ފަހަތުގައި ވަނީ އީރާނު : އެމެރިކާ

މުރުތައްދު ސަލްމާން ރުޝްދީއަށް ދެވުނު ހަމަލާގެ ފަހަތުގައި ވަނީ އީރާނުގެ ކުރީގެ ރައީސް ޚުމެއިނީ އަށް ވަފާތެރި ހަރުކަށި ފިކުރު ކަމުގައި އެމެރިކާއިން ތުހުމަތު ކޮށްފިއެވެ.

ސަލްމާން ރުޝްދީއަށް ހުކުރު ދުވަހު ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި ނިއު ޖާޒީގެ އުމުރުން 24 އަހަރުގެ ހާދީ މަތާރު ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ބެލެވެނީ އީރާނަށް ތާއީދުކުރާ އަދި މަރުޙޫމް އާޔަތުالله ޚުމައިނީއަށް ވަފާތެރި ފަރާތެއްކަމުގައިކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ.

ނިއުޔޯކުގެ އުތުރު ސްޓޭޓްގައި ބޭއްވި އަދަބީ ފެސްޓިވަލެއްގައި ރުޝްދީ ވާހަކަ ދައްކަވަމުންގެންދަނިކޮށް މަތާރު ދުވެފައި ގޮސް ސްޓޭޖަށް އަރައި ރުޝްދީގެ މޫނާއި އަތާއި ބަނޑަށާއި، އަދި ކަރަށް، އެތައް ފަހަރަކު ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

ނިއުޔޯކުގެ ޗައުޓައުކުއާގައި ހުންނަ ޗައުޓައުކުއާ އިންސްޓިޓިއުޝަނުން ބާއްވާ އަދަބީ ކޮންފަރެންސްގައި ބައިވެރިވުމުގެ ނަމުގައި ދިޔަ އެޝައްކު ކުރެވޭ މީހާގެ އަތުގައި ޕާހެއް އޮތް ކަމަށް ފުލުހުން ބުނެ އެވެ.

ހޮސްޕިޓަލުގެ އޮފިޝަލުން ބުނީ އެ ހަމަލާގެ ސަބަބުން އުމުރުން 75 އަހަރުގެ ރުޝްދީގެ ލޮލެއްގެ ފެނުން ގެއްލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މަޝްހޫރު ލިޔުންތެރިޔާގެ އެއް އަތުގެ ނާރުތަކަށް ގެއްލުންވެ، ފުރަމޭއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މި ހަމަލާ ތަހުގީގުކުރާ ފުލުހުންގެ އޮފިޝަލުން މަތާރުގެ މަގުސަދަކީ ކޮބައިކަން އަދި ނޭންގޭކަމަށް ބުނާއިރު، އީރާނަށް ތާއީދުކުރާ ހަރުކަށި ޖަމާއަތްތަކާ ރަސްމީ ނުވަތަ ނުރަސްމީ ގުޅުމެއް އޮވެދާނެ ކަމަށް ލަފާކޮށްފައި ނުވި ނަމަވެސް، ގިނަ ތަޖުރިބާކާރުން ވަނީ މި ހާދިސާ އީރާނުގެ ދިގު މުއްދަތަކަށް އޮތް ހަރުކަށި ޓެރަރިސްޓް އެޖެންޑާއާ ގުޅުވައިފަ އެވެ.

މަތާރުގެ ފޭސްބުކް ޕޭޖްގެ ސްކްރިން ޝޮޓެއް

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިއްސާކުރި މަތާރުގެ ފޭސްބުކް ކަވަރ ޕޭޖުން ދައްކާ ގޮތުގައި ޝައްކު ކުރެވޭ އެ މީހާއަކީ ތެހެރާންގެ ވެރިކަމުގެ ހަރުކަށި އެޖެންޑާއަށް ތަބާވާ މީހެކެވެ.

އެއް ކޮމެންޓް

  1. ސަލްމާން ބޮޑުކާފަރު ރުޝްދީ ތިޒަޚަމްތަކުގައި ނެތިފަނާވެ ދިއުމީ އަހުރެމެންގެ ހިތްހަމަޖެހުމެއް.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close