ޚަބަރު ޔޫކްރޭންގެ ހަނގުރާމަ ނިންމަން ޖެހޭނީ ކްރައިމިއާ މިނިވަންކުރުމާއެކު – ޒެލެންސްކީ

ޔޫކްރޭންގެ ހަނގުރާމަ ނިންމަން ޖެހޭނީ ކްރައިމިއާ މިނިވަންކުރުމާއެކު – ޒެލެންސްކީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔޫކްރޭންގައި ހަނގުރާމަ ފެށުނީ ކްރައިމިއާ އިން ކަމަށާއި އެ ހަނގުރާމަ ނިމޭން ޖެހޭނީ ކްރައިމިއާ މިނިވަންކުރުމާ އެކު ކަމަށް ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޔޫކްރޭންގެ ރައީސް މިހެން ވިދާޅުވީ އެތަނުގައި ހުރި ރަޝިޔާގެ ވައިގެ މަރުކަޒެއްގައި ގިނަ އަދަދެއްގެ ގޮވުންތަކެއް ގޮވައި އެކަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ.

އަންގާރަ ދުވަހު ހިނގި ގޮވުންތަކުގެ ވާހަކަ ނުދައްކާ ޒެލެންސްކީ ވިދާޅުވީ “ކްރައިމިއާ އަކީ ޔޫކްރޭންގެ ބައެއް ކަމަށާއި އަޅުގަނޑުމެން ދުވަހަކުވެސް އެކަން ދޫކޮށްނުލާނަން” ކަމަށެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ބޭސްގައި ވަޒަން ގޮއްވާފައިވާ ކަމަށެވެ. މީގެއިތުރުން ޔުކްރޭނުން ވަނީ ގޮވުންތަކުގެ އެއްވެސް ޒިންމާއެއް ނުނަގާނެކަމަށް ބުނެފައެވެ.

މިހާދިސާއާއި ގުޅިގެން ޔޫކްރޭންގެ އޮފިޝަލުން ބުނާ ގޮތުގައި ރަޝިޔާގެ މެދުތެރޭ ޑްނިޕްރޮޕެޓްރޯވްސްކް ސަރަހައްދުގައި ރޭގަނޑެއްގެ ތެރޭގައި ދިން ހަމަލާތަކުގައި 13 މީހަކު މަރުވެފައިވާއިރު، ދެކުނުގެ ޒަޕޮރިޒްޒިއާ ސަރަހައްދުގައި ދިން އިތުރު ހަމަލާއެއްގައި މީހަކު މަރުވި ކަމަށެވެ.

ކްރައިމިއާ އަކީ ޔޫކްރޭންގެ ބައެއްގެ ގޮތުގައި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ގައުމެކެވެ. އެކަމަކު ކަޅު ކަނޑުގެ ޕެނިންސުލާ ރަޝިޔާއާ ހަވާލުކުރީ 2014 ވަނަ އަހަރު ދުނިޔޭގެ މުޖުތަމައުއަށް ޣައިރު ގާނޫނީ ރެފިރެންޑަމަކަށް ފަހު އެވެ.

ޔޫކްރޭންގެ ގިނަ ރައްޔިތުން ދެކޭގޮތުގައި މިއީ ރަޝިޔާއާ އެކު އެމީހުން ކުރާ ހަނގުރާމަ ފެށުނު ގޮތެވެ.

ޓެގް

ޔޫކްރެއިންހަނގުރާމަ ޒެލެންސްކީ ޔުކްރެއިން ރަޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.