ބޭރުދުނިޔެ

އައިއެސްގެ އެކްޓިވް މެމްބަރެއް ދިއްލީ އިން ހައްޔަރުކޮށްފި

ނިއުދިއްލީ [އިންޑިއާ]- ޓެރަރިސްޓް ޖަމާއަތަށް ފައިސާ ހޯދުމުގައި ބައިވެރިވި ކަމަށް ބުނެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން ހޮނިހިރު ދުވަހު ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ރެޑިކަލައިޒްޑް އަދި އެކްޓިވް މެމްބަރަކު ދިއްލީގައި ދިރިއުޅޭ ގެއިން ހައްޔަރުކޮށްފަ އެވެ.

އެމީހާ ހައްޔަރުކުރީ އިންޑިއާގެ އިތުރުން ބޭރު ގައުމުތަކުގައި ތިބި އައިއެސްއަށް ވާގިވެރިވާ ވެރިންގެ އަތުން ސީރިއާ އާއި އެހެނިހެން ތަންތަނަށް ކްރިޕްޓޯކަރަންސީގެ ގޮތުގައި ފައިސާ ފޮނުވުމުގެ ކުށުގައި ކަމަށް އެ އިދާރާއިން އާދީއްތަ ދުވަހު ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަކީ ނިއުދިއްލީގެ ބަޓްލާ ހައުސްގައި ދިރިއުޅޭ މުހުސިން އަހުމަދު ނަމަކަށް ކިޔާ މީހެކެވެ.

އެ މައްސަލަ ރަޖިސްޓްރީކޮށްފައި ވަނީ ޖޫން 25، 2022 ގައި އެންއައިއޭ އިން ސުއޯ-މޮޓޯ ކޮންގްނިސަންސް ނެގުމަށް ފަހު ކަމަށް ރަސްމީ ޑޭޓާގައި އިތުރަށް ބުނެފައިވެ އެވެ.

ތުހުމަތު ކުރެވޭ މުހުސިން އަހުމަދަކީ އައިއެސްގެ ރެޑިކަލައިޒްޑް އަދި ހީވާގި މެންބަރެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބި ހަމްދަރުދީވެރިންގެ އަތުން އައިއެސްއަށް ފައިސާ އެއްކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ކަމަށް ރަސްމީ ޑޭޓާގައިވެ އެވެ.

އެންޓި ޓެރަރިޒަމް އެޖެންސީން އިތުރަށް ބުނީ ސީރިއާ އާއި އެހެނިހެން ތަންތަނަށް މި ފައިސާ ފޮނުވަނީ އައިއެސްގެ ހަރަކާތްތައް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކްރިޕްޓޯކަރަންސީގެ ސިފައިގައި ކަމަށެވެ.

އެ މައްސަލައިގެ އިތުރު ތަހުގީގުތައް ދަނީ ކުރަމުންނެވެ.

(އޭއެންއައި)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close