ބޭރުދުނިޔެ

ހިލޭ ގޭސް ފޯރުކޮށްދިނުމަށް ޔޫކްރެއިންއިން އެމެރިކާއަށް އެދޭނީ

ހަތިޔާރާއި، ބޭސްފަރުވާ ފޯރުކޮށްދޭ އުޞޫލުން، ކުރިއަށް އޮތް ފިނި މޫސުމަށް ތައްޔާރުވުމުގެ ގޮތުން ހިލޭ ގޭސް ފޯރުކޮށްދިނުމަށްވެސް ޔޫކްރެއިންއިން އެމެރިކާއަށް އެދޭނެކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ޔޫކްރެއިންގެ ބޮޑުވަޒީރު ޑެނިސް ޝްމިގަލް އަންގާރަ ދުވަހު ވިދާޅުވީ، ހަތިޔާރާއި ގޮވާތަކެއްޗާއި ބޭސްފަރުވާ ފޯރުކޮށްދޭ އުސޫލުން ގުދުރަތީ ގޭސް ޑެލިވަރީކުރުމަށްވެސް ޔޫކްރެއިންއިން އެމެރިކާއަށް ދަންނަވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ފިނި މޫސުމަށް މި “ގޭސް ލެވެންޑް ލީސް” ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަނުން ވަނީ ގޭސް ރެޝަން ވެސް އަޅާފައެވެ.

“ޔޫކްރެއިންގެ ސަރުކާރުން ވަނީ ސްޓޭބަލް ހީޓިން ސީޒަނަކަށް އަހަރެމެންގެ ސްޓޭޓަށް ‘ގޭސް ލެވެންޑް ލީސް’ އެއް ދިނުމަށް އެދި ކެބިނެޓް ބައްދަލުވުމެއްގައި އެމެރިކާ ސަރުކާރަށް ހުށަހަޅަން ނިންމާފައި،” ޝްމިގަލް އޭނާގެ ޓެލެގްރާމް ޗެނަލަށް ޕޯސްޓްކުރި ވީޑިއޯއެއްގައި ބުނެފައި ވެއެވެ.

“އަޅުގަނޑުމެންގެ ތާރީހުގައި ވެސް އެންމެ އުނދަގޫ ފިނި މޫސުމަށް ވާންޖެހޭ ތައްޔާރީތައް އަދިވެސް ކުރިއަށް އެބަދޭ، ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރުވެ ވޭނެ ހުރިހާ އާލާތްތަކެއް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން،” އޭނާ އިތުރަށް ވިދާޅުވި އެވެ.

ހުށަހަޅާފައިވާ އެރޭންޖްމަންޓުގެ މަސައްކަތް ކުރާނެ ގޮތުގެ ތަފުސީލެއް ޝްމިގަލް ދެއްވާފައި ނުވާއިރު، “ލެވެންޑް ލީސް” މި ބަސް ބޭނުން ކުރެއްވި އިރު، ކިއޭވް އިން ލަފާ ކުރަނީ އެމެރިކާގެ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ޑެލިވަރީތައް ހިލޭ ލިބޭނެ ކަމަށެވެ. އެމެރިކާއިން ޒަމާނުއްސުރެ ޔޫރަޕްގެ މާކެޓުގައި އެލްއެންޖީ ވިއްކުމަށް މަސައްކަތް ކުރި ނަމަވެސް، ހަމައަގުގައި ރަޝިއާގެ ގޭހާ އަދިވެސް ވާދަކުރެވޭ ގޮތެއް ނުވެ އެވެ.

ވޮޝިންޓަން އިން ޔޫކްރެއިން އަށް އެތައް މިލިއަން ޑޮލަރެއްގެ ހަތިޔާރާއި ގޮވާތަކެތި ފޮނުވަނީ މިދިޔަ އޭޕްރީލް މަހުން ފެށިގެންނެވެ.  

ޝްމިގަލްގެ މި ހުށަހެޅުމަކީ ސަރުކާރު ހިއްސާވާ ގޭސް ކުންފުނި ނަފްޓޯގާޒްގެ ބޮންޑުތައް ޑިފޯލްޓްވެ، ކުރިއަށް ފިނި ހޫނު މޫސުމާ ދިމާކޮށް ގުދުރަތީ ގޭސް އެތެރެކުރުމަށް ބޭނުންވާ ފައިސާ އެއްކުރުމުގެ ފުރިހަމަ ޒިންމާ ނެގުމަށް ކިއޭވްގައި ހުންނަ ސަރުކާރުގެ ކިބައިން އެދިފައިވާތީ ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

ނަމަވެސް ޔޫކްރެއިންގެ ކުރީގެ ބޮޑުވަޒީރު ޔޫލިއާ ޓިމޮޝެންކޯ ހޯމަ ދުވަހު ވަނީ ނަފްޓޮގާޒްގެ މައްޗަށް ޚިޔާނާތުގެ ތުހުމަތު ކުރައްވާފައެވެ. އެ ކުންފުނިން ދަނީ “ދަ ސެންޗަރީގެ ސްކޭމް” ގައި ބައިވެރިވަމުންނެވެ. 2007-2010 އަށް އެމެރިކާގެ ތާއީދު ލިބިފައިވާ ކެބިނެޓްގެ ވެރިޔަކަށް ހުންނެވި ޓިމޮޝެންކޯ މިހާރު ޕާލަމެންޓްގައި އިށީނދެވަޑައިގެން އުޅުއްވަނީ “ފާދަރލޭންޑް” ޕާޓީގެ ވެރިޔާގެ ހައިސިއްޔަތުންނެވެ.

އެގޮތުން، ގޭސް ބޭނުންކުރާ މިންވަރު އޯގަސްޓް މަހުން ފެށިގެން މަދުކުރުމުގެ ޕްލޭނެއް އީޔޫއިން އިޢްލާން ކޮށްފައިވާއިރު، މި ޕްލޭންގެ ދަށުން ގޭސް ބޭނުންކުރާ މިންވަރު މަދުވެދާނެ ކަމަށް ބެލެވޭ ތީ، އެކަން ފޫބެއްދުމަށް އީޔޫއިން ވަނީ މަސައްކަތް ފަށާފައެވެ.

ބްލޮކްގެ ގިނަ ގުދުރަތީ ގޭސް އެތެރެކުރަނީ ރަޝިޔާއިން ކަމަށްވާއިރު، ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބްރަސަލްސްއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވީނަމަވެސް، އެ ގައުމުގެ ކޮންޓްރެކްޓްތައް ފުރިހަމަ ކުރާނެ ކަމަށް މޮސްކޯއިން ވަނީ ވައުދުވެފައެވެ. ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އާލާތްތައް ހިމެނޭ ގޮތަށް ޖަރުމަނަށް މައި ޕައިޕްލައިން މަރާމާތު ކުރުމުގެ ސަބަބުން، ފާއިތުވި ހަފުތާތަކުގައި ގޭސް ދައުރުވުން ވަނީ މަދުވެފަ އެވެ.

ބާލިންއިން ވަނީ މި މައްސަލަ ބައިޕާސް ކުރުމަށް ނިމިފައިވާ ނޯޑް ސްޓްރީމް 2 އެކްސްޕެންޝަން ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ކަނޑައެޅިގެން ދެކޮޅު ހަދާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close