މުނިފޫހި

އާލިއާގެ ފޭނުންނަށާއި، ފޮލޯވަރުންނަށް ޝުކުރު އަދާކޮށްފި

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރީ އާލިއާ ބަޓް އޭނާގެ ފޭނުންނަށާއި، ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފިއެވެ.

ހޯމަ ދުވަހު ބަލިވެ އިންކަން އިއުލާންކުރި އާލިއާ ބަޓް ވަނީ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އޭނާގެ ފޭނުންނާއި ފޮލޯވަރުންގެ ހުރިހާ ހެޔޮއެދުންތަކަށް ޝުކުރު އަދާކޮށްފަ އެވެ.

އޭނާ އާއި ރަންބީރު ކަޕޫރުގެ އާ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު، އެއީ ކައިވެނީގެ ކުރިން ބޭއްވި ފަންކްޝަންގެ ފޮޓޯއެއް ކަމަށް ބެލެވެއެވެ. އެފޮޓޯއާއި އެކު އަސަރުގަދަ މެސެޖެއް ވެސް އާލިއާ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.

“ހުރިހާ ލޯތްބަކުން ހިތްފުރިއްޖެ! އެންމެންގެ މެސެޖުތަކާއި ހެޔޮއެދުންތައް ކިޔަން މަސައްކަތް ކޮށްފިން. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ހުރިހާވެސް އެއްޗަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި މިހާ މުހިންމު ވަގުތުކޮޅެއް ތިޔަބޭފުޅުންގެ ހުރިހާ ލޯތްބަކާއި ބަރަކާތުން ފާހަގަކުރުމަކީ ހަގީގަތުގައިވެސް އެހާ ޚާއްޞަ އިހުސާސެއް ކުރެވޭ ކަމެއް! ތިޔަބޭފުޅުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ޝުކުރިއްޔާ،” އާލިއާ ލިޔެފައިވެއެވެ.

އާލިއާ ބަޓް ބަލިވެ އިންކަން އިއުލާން ކުރީ ހޯމަ ދުވަހު ހޮސްޕިޓަލުން ނަގާފައިވާ ފޮޓޯއަކުންނެވެ. އެ ފޮޓޯއިން ފިރިމީހާ ރަންބީރު ކަޕޫރުވެސް ފެނެއެވެ. ތަސްވީރާއެކު ހާތް އިމޯޖީއެއް ހުއްޓެވެ. ކެޕްޝަންގައި އޭނާ ލިޔެފައިވަނީ “އަހަރެމެންގެ ދަރިފުޅު ….. އަވަހަށް އަންނަނީ.

މި އިއުލާނާއެކު އާލިޔާގެ މައިންބަފައިންނާއި ރަންބީރުގެ އާއިލާ ވަނީ އުފަލުން ފޮޅިފައެވެ. މީގެ ކުރިން މަހޭޝް ބަޓް ހިންދުސްތާން ޓައިމްސްއަށް ވިދާޅުވީ، “އަހަރެމެންގެ އާއިލާއަށް، އަދި އަހަރެމެންގެ ދިރިއުޅުމުގައި ވެސް އިތުރުވާން އުޅޭ އެހެން ކަމެއް އެބައޮތް” ކަމަށެވެ.

އޭނާ އިތުރަށް ބުނީ، “އެ ކުއްޖާ، ކާކު އުފަންވާނެ… އަވަހަށް އަންނަން އުޅޭ ކުއްޖާ ފަދަ ކުއްޖަކު ދުވަހަކުވެސް ނެތް، އަދި ދުވަހަކުވެސް ކުއްޖަކު ނުހުންނާނެ. އުފަންވާ ކޮންމެ ކުއްޖަކީވެސް ތަފާތު އަދި ތަކުރާރު ނުކުރެވޭ ކުއްޖެއް.” އޭނާ ލިޔެފައިވެއެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ބުނި ގޮތުގައި އޭނާގެ ހަޔާތުގައި އެންމެ އުންމީދު ކުރި އެއްދުވަސް މާލަހެއް ނުވެ އަތުވެޖެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close