އިސްލާމީ އިޖްތިމާޢީ މިންގަނޑަށް ނުފެތޭތީ ޑިޒްނީގެ އެނިމޭޓެޑް ފިލްމު ‘ލައިޓް އިޔާ’ ޔޫއޭއީގައި މަނާކޮށްފި
ޑިޒްނީގެ އެނިމޭޓެޑް ފިލްމު ‘ލައިޓް އިޔާ’ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ދެއްކުމަށް ހުއްދަ ދީފައިނުވާ ކަމަށް އެގައުމުގެ މީޑިއާ ރެގިއުލޭޓަރީ އޮފީހުން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކެރެކްޓަރުންގެ މެދުގައި އެއްޖިންސުން ބޮސްދިނުމުގެ މަންޒަރެއް ފެނިގެންދާ ޕިކްސާ ފިލްމަކީ ޔޫއޭއީގެ މީޑިއާ ކޮންޓެންޓް ސްޓޭންޑަޑްތަކާ ހިލާފު ފިލްމެކެވެ.
އިސްލާމީ އިޖްތިމާޢީ ޢާއްމު މިންގަނޑުތަކަށް އެ ފިލްމު ނުފެތެނީ ސީދާ ކިހިނެއް ކަމެއް ޔޫއޭއީގެ މީޑިއާ ރެގިއުލޭޓަރީ އޮފީހުން ހާމަކޮށްފައި ނުވި ނަމަވެސް ހުރިހާ ފިލްމެއް ވެސް އިވެލުއޭޓް ކުރަނީ އެކަށީގެންވާ އުމުރު ގިންތިކުރުމާ އެއްގޮތަށް ދައުރުވާ ކޮންޓެންޓްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ކަމަށް އެއެފީހުގެ ޓްވިޓަރ ގައި ވަނީ ބުނެފައެވެ.
ބުރާސްފަތި ދުވަހު ދައްކަން އޮތް އެ ފިލްމަކީ ބަޒް ލައިޓްއަޔަރ ކެރެކްޓަރުގެ އޮރިޖިން ސްޓޯރީ ހޯދާފައިވާ ވަރަށް މަގުބޫލު ޓޮއި ސްޓޯރީ ސީރީޒްގެ ސްޕިން އޮފް އެކެވެ.
ޔޫއޭއީން ގަވާއިދުން ސެންސަރު ކުރަނީ އާންމު ކޮންސިއުމަންޓްތަކާ ބެހޭ ގޮތުން ޔޫއޭއީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފު ތަކެތި އެކަންޏެވެ.
މިފަދަ ތަކެތީގައި “އިސްލާމީ ޢަޤީދާތަކަށް ފުށުއަރާ” ކަމަށް ބެލެވޭ ކޮންމެ އެއްޗެއް ހިމެނިދާނެ ކަމަށް ސަރުކާރުގެ ވެބްސައިޓުގައިވެ އެވެ.
ޔޫއޭއީ އަކީ އެހެން ގިނަ މުސްލިމް ގައުމުތަކަށް ވުރެ އިޖުތިމާއީ ގޮތުން މިފަދަ ކަންކަމުގައި ދޫ ދޭ ގައުމެއް ނަމަވެސް، އެއްޖިންސުން ގުޅުން ހިންގުމަކީ އަދިވެސް އެ ޤައުމުގެ ގާނޫނާ ހިލާފު ކަމެކެވެ.



