ބޭރުދުނިޔެ

އެމެރިކާގެ ރައީސް ބައިޑަން ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ: ރިޕޯޓް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ސައުދީ އަރަބިއްޔާއަށް ވަޑައިގެން ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވުމަށް ތައްޔާރު ވެ ވަޑައިގަންނަވަމުން ދާކަމަށް ވައިޓް ހައުސްގެ މަސްދަރަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުރާސްފަތި ދުވަހު ބުނެފި އެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ބުނީ ބައިޑަން ޔޫރަޕަށް ކުރާ ދަތުރުތަކަށް ފަހު މިމަހުގެ ފަހުކޮޅު ސައުދީ އަރަބިއްޔާއަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމެރިކާއާއި ސައުދީގެ ގުޅުން ގޯސްވެ، ޔަމަނުގައި އަރަބި ކޯލިޝަންގެ ކެމްޕޭނަށް ވޮޝިންޓަނުން ދޭ ތާއީދު ކުޑަކުރުމަށާއި 2015 ވަނަ އަހަރު ދޫކޮށްލާފައިވާ އީރާން ނިއުކްލިއާ އެއްބަސްވުން އަލުން ދިރުވުމަށް ވަނީ ނިންމާފައެވެ.

މިދިޔަ ހަފްތާގައި ވައިޓް ހައުސްއިން ވަނީ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ކޯޑިނޭޓަރު ބްރެޓް މެކްގަރކް އާއި ސްޓޭޓް ޑިޕާޓްމަންޓުގެ ހަކަތަ ރައްކާތެރިކަމުގެ އިސް އެޑްވައިޒަރު އާމޮސް ހޮޗްސްޓައިން ސައުދީގެ އިސް އޮފިޝަލުންނާ ރިޔާޒުގައި ބައްދަލުކުރައްވާފައިވާކަން އިއުލާންކޮށްފަ އެވެ.

އެމެރިކާގެ އިސް އޮފިޝަލުން ވަނީ އީރާނާއި ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމާއި ސަރަހައްދީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

ކޮންގްރެސްގެ މެންބަރުން ވެސް މިދިޔަ ހަފްތާގައި ކިންގްޑަމަށް ވަޑައިގެން ވަލީއަހުދުއާ ބައްދަލުކުރައްވައި ސައުދީއާއި އެމެރިކާއާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ފަހަކަށް އައިސް އެމެރިކާއިން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު ކްރޫޑް އެކްސްޕޯޓްކުރާ އަދި އޯޕެކްގެ މެމްބަރު ސައުދީ އަރަބިއްޔާއަށް ތެޔޮ އުފެއްދުން އިތުރުކޮށް، ރަޝިޔާ ޔޫކްރޭނަށް އަރައިގަތް ފަހުން ދެޤައުމުގެ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ކަނޑައެޅުމުގައި ސައުދީ އަރަބިއްޔާއިން އަދާކުރި ދައުރަށް ބައިޑަން ވަނީ ޝުކުރު އަދާކުރައްވާފައެވެ. “އދ. އިސްވެ އޮވެ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތައް އެންޑޯސްކޮށް ތަންފީޒު ކުރުމަށް ވަރަށް ކުރީކޮޅު އިސްނަގައިގެން ސައުދީ އަރަބިއްޔާއިން ހިތްވަރުގަދަ ލީޑަޝިޕް ދައްކާލީ،” ވައިޓް ހައުސްގެ ބަޔާނުގައިވެ އެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖީން ޕިއެރޭ ވިދާޅުވީ މުޅި ސަރަހައްދުން ކޯޕަރޭޓިވް ޑިޕްލޮމެސީއާ ނުލައި މި ހަމަލާތައް ހުއްޓާނުލެވޭނެ ކަމަށެވެ. މަޝްވަރާތައް ވަރުގަދަ ކުރުމަށް އެހީތެރިވެދެއްވުމުގައި ސަލްމާން ރަސްގެފާނު އާއި ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ ލީޑަޝިޕް އަޅުގަނޑުމެން ވަކިން ގަބޫލުކުރަން.” ޕިއެރޭ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close