ޓެކްނޮލޮޖީ

ސެމްސަންގެ ފަހުގެ އުފެއްދުން ނިއޯ ކިއުއެލްއީޑީ ޓީވީ ލިބޭނެ ތާރީހު އިއުލާންކޮށްފި

ސެމްސަންގް އިން މިއަހަރު އުފެއްދި ނިއޯ ކިއުއެލްއީޑީ 8ކޭ އަދި 4ކޭ ޓީވީގެ އާ ލައިންއަޕް ޔޫރަޕްގައި ނެރޭނެ ތާރީހުތައް އިއުލާންކޮށްފިއެވެ.

2022 ވަނަ އަހަރުގެ ރޭންޖްގެ ނިއޯ ކިއުއެލްއީޑީ 8ކޭ އަދި 4ކޭ ޓީވީ 6 އޭޕްރީލް އިން ފެށިގެން ގަތުމަށް ހަމަޖެހިފައިވާއިރު، ޕްރީ އޯޑަރ ވިންޑޯއެއް 16 މާރޗް އިން 5 އޭޕްރީލް އަށް ވަނީ ހުޅުވާލާފައެވެ. އަދި ޕްރީ ރެޖިސްޓްރޭޝަން 22 ފެބްރުއަރީ އިން 15 މާރޗް އަށް ކުރިއަށްދާނެއެވެ.

ފްލެގްޝިޕް ކިއުއެން900ބީގެ އެންމެ ކުރީގައި އޮތް މި ލައިން އަޕްގައި ހަ ސީރީޒް ހިމެނޭއިރު، 43 އިންޗިން ފެށިގެން 85 އިންޗިއާ ދެމެދުގެ ސައިޒުތަކެއް ހިމެނެ އެވެ.

މިއަހަރުގެ 8ކޭ ނިއޯ ކިއުއެލްއީޑީ މޮޑެލްތަކަކީ ކިއުއެން900ބީ – ލިބެން ހުންނަ 65 އިންޗި، 75 އިންޗި، 85 އިންޗި؛ ކިއުއެން800ބީ – 65 އިންޗި، 75 އިންޗި، 85 އިންޗި އަދި ކިއުއެން700ބީ – 55 އިންޗި، 65 އިންޗި އަދި 75 އިންޗީގައި ލިބެން ހުންނާނެ އެވެ.

މީގެ އިތުރުން 4ކޭ ނިއޯ ކިއުއެލްއީޑީ ރޭންޖުގައި ހިމެނެނީ ކިއުއެން95ބީ – 55 އިންޗި، 65 އިންޗި، 75 އިންޗި، 85 އިންޗި؛ ކިއުއެން90ބީ – 43 އިންޗި، 50 އިންޗި، 55 އިންޗި، 65 އިންޗި، 75 އިންޗި، 85 އިންޗި އަދި ކިއުއެން85ބީ – 55 އިންޗި، 65 އިންޗި، 75 އިންޗި، 85 އިންޗި ލިބެން ހުންނާނެ އެވެ.

ސެމްސަންގްގެ ނިއޯ ކިއުއެލްއީޑީ ޓީވީތައް މިދިޔަ އަހަރު ތައާރަފްކުރީ ފުދޭވަރަކަށް ފޭންފެއާއަކާއެކު ކަމަށާއި އެ ކުންފުނިން ބުނާ ގޮތުގައި އެ ކުންފުނީގެ އެލްއީޑީތައް ކުޑަކޮށް ބެކްލައިޓް ލޭޔަރަށް އިތުރަށް ޕެކްކޮށްގެން މި މޮޑެލްތަކުގެ އޯއެލްއީޑީތަކާ އަޅާބަލާއިރު ތަފާތު ވާނެ ކަމަށެވެ.

2021 ވަނަ އަހަރުގެ ނިއޯ ކިއުއެލްއީޑީސް ގިނައިން އުފައްދަމުން ދިޔައީ ހައިޕް އާއި އެއްވަރަށް ކަމަށާއި، ކިއުޑީ-އޯއެލްއީޑީ އަދި މައިކްރޯއެލްއީޑީ ފަދަ އެހެން ސްކްރީން ޓެކްނޮލޮޖީތަކަށް ޑިމާންޑް އޮތް ނަމަވެސް ، ސެމްސަންގުން ދަނީ ނިއޯ ކިއުއެލްއީޑީގެ ވިޔަފާރި އިތުރަށް ފުޅާކުރަމުންނެވެ.

އޮންބޯޑްގައި 2022 ވަނަ އަހަރުގެ ނިއޯ ކިއުއެލްއީޑީތަކުގައި ސެމްސަންގްގެ ނިއޯ ކުއަންޓަމް ޕްރޮސެސަރުގެ އެންމެ ފަހުގެ ވަރޝަން ހިމެނޭއިރު، އޭގެ ތެރޭގައި ‘ބީއެލްޔޫ’ (ބެކްލައިޓް ޔުނިޓް) އާއި އެކު އެޑްވާންސް ކޮންޓްރެސްޓް މެޕިން ތައާރަފް ކުރުން ހިމެނެ އެވެ. ސެމްސަންގުން ބުނާ ގޮތުގައި މި އީޖާދުގެ ސަބަބުން ބްރައިޓްނެސް އިތުރުވެ، 12 ބިޓް ގްރޭޑޭޝަނުން 14 ބިޓަށް ބަދަލުވާނެ ކަމަށާއި، އޭގެ ސަބަބުން ކޮންމެ މިނީ އެލްއީޑީއެއްގެ ކޮންޓްރޯލް ބޮޑުވާނެއެވެ. ސެމްސަންގުން ބުނާ ގޮތުގައި 2021 ވަނަ އަހަރު 4096 ގެ ބަދަލުގައި 16،384 ޒޯން ހުރަސްކޮށް ޓީވީގެ ބްރައިޓްނެސް ރެގިއުލޭޓް ކުރާނެ އެވެ.

އަދި ‘ޝޭޕް އެޑަޕްޓިވް ލައިޓް’ ޓެކްނޮލޮޖީ ވެސް މި ސޮފްޓްވެއާގައި ހިމެނޭއިރު، ސެމްސަންގުން ބުނާ ގޮތުގައި ކުއަންޓަމް މިނީ އެލްއީޑީތަކުން ދޫކުރާ އަލި ކޮންޓްރޯލް ކުރުމަށް ރޮނގުތަކާއި ބައްޓަންތަކާއި ސަރަހައްދުތައް ތަހުލީލުކޮށް ބްރައިޓްނެސް އާއި އެކިއުރެސީ އިތުރުކުރާނެ އެވެ. އަދި ‘ރިއަލް ޑެޕްތް އެންހެންސަރ’ ކިޔާ އާ ފީޗާއެއް ވެސް ހުންނާނެއެވެ. އެއީ ބެކްގްރައުންޑަކާ ދިމާލަށް ތަކެތި ވަކިކޮށް، އެތަކެތި ތަފާތު ގޮތަކަށް ޕްރޮސެސް ކުރެވޭ އެލްގޮރިޒަމެކެވެ.

ވިޝުއަލްސްގައި އަޕްގްރޭޑް ކުރުމާއެކު، 2022 ވަނަ އަހަރުގެ ނިއޯ ކިއުއެލްއީޑީތަކަށް ސޮނިކް ބޫސްޓެއް ލިބޭއިރު، މިދިޔަ އަހަރުގެ އޯޓީއެސް (އޮބްޖެކްޓް ޓްރެކިން ސައުންޑް) ގެ މައްޗަށް ބިނާކޮށް ޓީވީގެ އޯޑިއޯ ސްކްރީނުން ފެންނަ ތަސްވީރާ އެއްގޮތަށް ރަނގަޅަށް ހަރަކާތްތެރިވުމަށް އެހީތެރިވެދޭ އަޕް-ފައިރިން ސްޕީކަރުތައް ހިމަނާފައިވެ އެވެ . ޓޮޕް ޗެނަލް ސްޕީކަރުތައް އިތުރުކުރުމުގެ މާނައަކީ ވެސް އާ ނިއޯ ކިއުއެލްއީޑީތަކުން އޮންބޯޑް ޑޮލްބީ އެޓްމޮސް އަޑު ވެސް ލިބޭނެ ކަމެވެ.

އަދި ޕާސަނަލައިޒޭޝަންގެ އިތުރު އޮޕްޝަންތަކާއި ކްލައުޑް ގޭމިން އިންޓަގްރޭޝަން އަދި ވަކި މޮޑެލްތަކެއްގައި 4k@144Hz އާއި ހަމައަށް އަލްޓްރާ ހައި ރިފްރެޝް ރޭޓްތައް އަޕްގްރޭޑް ޓައިޒެން އިންޓަފޭސް ހިމެނޭ ގޮތަށް އަޕްގްރޭޑްތައް ވެސް އާ ސްކްރީންތަކުގައި ހުންނާނެ އެވެ.

އެންމެ ފަހުގެ ނިއޯ ކިއުއެލްއީޑީ މޮޑެލްތަކުގެ އަގުތައް އަދި އިއުލާނެއް ނުކުރެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close