ޚަބަރު ޑިޖިޓަލް އައިޑީކާޑު ރާއްޖެއަށް ތަޢާރަފްކުރަނީ

ޑިޖިޓަލް އައިޑީކާޑު ރާއްޖެއަށް ތަޢާރަފްކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ތަޢާރަފްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ، އއ. އުކުޅަހުގައި މިހާރު ކުރިޔަށްދާ ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި، އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ.

ޝައުނާ މިކަން އިއުލާނު ކުރައްވާފައިވާއިރު، އެ ކޮންފަރެންސްގައި ރަށްރަށުގެ ކައުންސިލްތަކުން ބުނެފައިވަނީ، އައިޑީކާޑު ޕްރިންޓް ކުރެވެނީ ހަމައެކަނި މާލެއިންކަމަށްވާތީ އެކަމަކީ ވަރަށް ބޮޑު ދަތިކަމެއް ކަމަށެވެ. އަދި އޭގެ ބަދަލުގައި އެންމެ ކުޑަމިނުން އަތޮޅު ކައުންސިލުން އެކަން ކުރެވޭނެ ގޮތެއް ހަމަޖައްސައިދޭން ކައުންސިލްތަކުން އެދުނެވެ.

މިކަމާ ގުޅޭގޮތުން، މިނިސްޓަރު ޝައުނާ ވިދާޅުވީ ޕްރިންޓް ކޮށްގެން އައިޑީކާޑު ގެންގުޅުމުގެ ބަދަލުގައި، ޑިޖިޓަލް އައިޑީކާޑު ތައާރަފު ކުރުމުގެ މަސައްކަތުގެ ވަރަށް ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ވަރަށް ބޮޑުތަން ފަސޭހަވެގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފެށިއަސް ބޭނުން ނަމަ ޕްރިންޓް ވެސް ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިޔަށްދަނީ މިނިސްޓްރީތަކާ ގުޅިގެން ޑާޓާ އެންޓްރީ ކުރުމުގެ މަސައްކަތް ކަމަށެވެ.

އަލަށް ތައާރަފްކުރާ ނިޒާމުގެ ދަށުން އައިޑީކާޑުގެ ވެރިފަރާތް ބާރުވެރިކުރުވައި އައިޑީކާޑުގެ ވެރިފަރާތާ ގުޅުން ހުރި ރަސްމީ މައުލޫމާތު އެ ފަރާތެއްގެ ރުހުމާ އެކު ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ގާއިމްކުރާނެއެވެ.

ސަރުކާރުން ގެންގުޅޭ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިހާރު ވެސް ވަނީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައެވެ. އަދި ކުރިމަގުގައި އިތުރު ބާރުތައް ވެސް ދޭން ސަރުކާރުންވަނީ ނިންމާފައެވެ.

ޓެގް

އައިޑީކާޑް މިނިސްޓަރޝައުނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.