ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ދިވެހިންގެ އަތުން ނުގެއްލޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ދިވެހިންގެ އަތުން ނުގެއްލޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ދިވެހިންގެ އަތުން ނުގެއްލޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ރައީސުލް ޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ---

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރި ނަމަވެސް، އެތަނުގެ އެއްވެސް ބިމެއްގެ މިލްކުވެރިކަން ބޭރުގެ ފަރާތަކަށް ނުލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

"ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ކުއްޔަށް ކަމަށެވެ. އަދި އެ މަޝްރޫޢުގެ ބިން ހިއްކުމުގެ ބޮޑު ބައެއް ނިމި، މިހާރު 60 އާއި 70 އިންސައްތައާ ދެމެދުގެ މިންވަރަކަށް މަސައްކަތް ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، މި މަޝްރޫޢާ ގުޅިގެން ސަރުކާރުން އެއްވެސް ސޮވަރިން ގެރެންޓީއެއް، ޓެކްސް ކޮންސެޝަނެއް ނުވަތަ އިމްޕޯޓް ޑިއުޓީގެ ލުޔެއް ދީފައެއް ނުވާނެއެވެ. އަދި އާންމު ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތަކުގެ ތަރުތީބަށް ނުވަތަ ޙައްޤުތަކަށް މީގެ ސަބަބުން އެއްވެސް ނޭދެވޭ ބަދަލެއް ނާންނާނެކަމުގެ ކަށަވަރުކަންވެސް ރައީސް ދެއްވިއެވެ.

ޤައުމުގެ އިޤްތިޞާދީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާގެ ސެންޓްރަލް ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރިޒާވް 1.2 ބިލިއަން ޑޮލަރަށް އެރި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާއި، ތެލުގެ އަގަށް އައި ބަދަލުތަކުގެ އިތުރުން ސުކޫކް ދެއްކުމާ ގުޅިގެން ރިޒާވަށް އަސަރުތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ޓެގް

ރަސްމާލެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.