ޚަބަރު ވިލިމާލެ ފޮށި ދެވަނަފަހަރަށް ގުނުމުންވެސް ނަތީޖާއަށް ބަދަލެއްނައި

ވިލިމާލެ ފޮށި ދެވަނަފަހަރަށް ގުނުމުންވެސް ނަތީޖާއަށް ބަދަލެއްނައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ބައި އެލެކްޝަންގެ ވޯޓު ދެވަނަ ފަހަރަށް ގުނުމުން ވެސް ނަތީޖާއަށް ބަދަލެއް އައިސްފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.


މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އެންމެ ވޯޓެއްގެ ތަފާތުން ކާމިޔާބު ކުރެއްވީ ޕީޕިއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާއެެވެ.

އެ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކޮށްފައިވަނީ އާމިނަތު ޝީޒާއެވެ. ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ނާޒިމާއަށް ލިބިފައިވަނީ 359 ވޯޓެވެ. އަދި ޝީޒާއަށް ލިބިފައިވަނީ 358 ވޯޓެވެ. އިލެކްޝަން ކޮމިޝަނުން މިރޭ ވަނީ ވިލިމާލެ މުހިއްޔުދީން ސްކޫލްގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށި ކަނޑައި، ވޯޓު ގުނި ވަގުތު ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށަހެޅުނު ދެ ވޯޓު ކަރުދާސް ޗެކް ކޮށްފައެވެ. އެ ވޯޓް ކަރުދާސް ޗެކްކޮށްފައިވަނީ އިންތިޚާބުން ބަލިވި އެެމްއެންޕީގެ ކެންޑިޑޭޓް އާމިނަތު ޝީޒާގެ ފަރާތުން އެދިގެންނެެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ފޮށި މިރޭ އަލުން ޗެކް ކުރުމުން ނަތީޖާ އޮތް ގޮތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެެވެ.

މާލޭގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމުންނެވެ.

ޓެގް

ވިލިމާލެ އެލެކްޝަންސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.