ބޭރުދުނިޔެ

ޔަމަނުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އދއިން އިޢްލާން ކުރުމުން ސައުދީ އިން އެކަމަށް މަރުހަބާ ކިޔައިފި

ޔަމަނުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އދއިން އިޢްލާން ކުރުމުން ސައުދީއަރަބިޔާ އިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ސައުދީ ޕްރެސް އޭޖެންސީން ހޮނިހިރު ދުވަހު ބުނެފައިވަނީ، ޔަމަނުގައި ހަނގުރާމަކުރަމުންދާ ހަނގުރާމަވެރިންގެ މެދުގައި ރަމަޟާން މަހާ ދިމާކޮށް ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އދއިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު އިޢްލާން ކުރެއްވުމުން އެކަމަށް ސައުދީ އަރަބިއްޔާއިން މަރުހަބާ ކިޔާފައިވާ ކަމަށެވެ.

މި ތާއީދުގެ ބަޔާނަކީ، ސުލްހައިގެ މަޝްވަރާތަކަށް މަގުފަހިކުރުމަށް ޔަމަނުގެ އދއިން ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ހާންސް ގްރުޑްބަރގް ކުރެއްވި މަސައްކަތްތަކަށް ވެސް ސައުދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާއިން ތައުރީފު ކޮށްފައިވާ ބަޔާނެކެވެ.

ހަނގުރާމަ ހުއްޓާލުމުގެ ސަބަބުން ޔަމަނުގައި ހިންގާ އަސްކަރީ ހުރިހާ އޮޕަރޭޝަނެއް ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވޭއިރު، ޔަމަނުގައި ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި، ސައުދީ-ޔަމަން ބޯޑަރުގައި ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންވެސް ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ.

“މިއީ ޔަމަނުގެ މައްސަލަ ނިމުމަކަށް ގެނެސް، ފުރިހަމަ ސިޔާސީ ހައްލެއް ހޯދުމަށް 2021 ވަނަ އަހަރުގެ މާޗް މަހު އިޢްލާން ކުރި، އެ ކަމުގައި ސައޫދީ އިސްނެގުމާއެކު އެޅި ފިޔަވަޅެއް،” އެސްޕީއޭއިން ރިޕޯޓް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީޑިއާއާ ހިއްސާކުރެއްވި ބަޔާނެއްގައި ގްރޫޑްބާރގް އާ ހަވާލާދީ ބުނެފައި ވަނީ “އެ ސަރަހައްދުގެ ކުރިން ކަނޑައެޅިފައިވާ މަންޒިލްތަކަށް ސަނާ އެއާޕޯޓުން އެތެރެވުމަށާއި ބޭރު ގައުމުތަކަށް ދަތުރުކުރުމަށް ތެލުގެ ބޯޓުތައް ވެސް ހޯދެއިދާ ބަނދަރުތަކަށާއި ކޮމާޝަލް ފްލައިޓްތަކަށް ވަނުމަށް ވެސް އެއްބަސްވި” ކަމަށެވެ.

“ދެ މަސް ދުވަހުގެ މުއްދަތަށް ވުރެ އިތުރަށް ސުލްހައިގެ އެއްބަސްވުން އާ ކުރެވޭނީ ދެ ފަރާތުގެ ރުހުމާއެކު،” ގްރޫންޑްބާގް އިތުރަށް ވިދާޅުވި އެވެ. “މި ސުލްހައިގެ އެއްބަސްވުމުގެ މަގުސަދަކީ ޔަމަނުގެ ރައްޔިތުންނަށް އަނިޔާއިން ސަލާމަތްވެ، އިންސާނީ އެހީގެ ގެއްލުންތަކުން ސަލާމަތްވެ، މި ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ކަމުގެ އުންމީދު.

ގްރޫންޑްބާރގް ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހަމައަށް ވާސިލުވުމަށް އެހީތެރިވެދިނުމުގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސްޓޭކް ހޯލްޑަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close