ދީން ކޮންމެ ރޯދައަކަށް ވަކިވަކިން ނިޔަތް ގަންނަން ޖެހޭނެތޯ؟

ކޮންމެ ރޯދައަކަށް ވަކިވަކިން ނިޔަތް ގަންނަން ޖެހޭނެތޯ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު:

ރޯދައަށް ނިޔަތް ގަތުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި ކޮންމެ ރޯދައަކަށް ނިޔަތް ގަންނަން ޖެހޭނެތޯ؟ ނިޔަތް ދުލުން ކިޔާނީ ކިހިނެއްތޯ؟
ޖަވާބު:

ރޯދައަށް ނިޔަތް ގަތުމަކީ ރޯދައިގެ ފަރުޟެކެވެ. ނިޔަތް ގަންނާނީ ކޮންމެ ރޯދައަކަށް ވެސް އެދުވަހެއްގެ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިންނެވެ. ކޮންމެ ރޯދައަކަށް ނިޔަތް ގަންނަން ޖެހޭނެއެވެ. ސަބަބަކީ ކޮންމެ ރޯދައަކީ މުސްތަޤިއްލު ރޯދައެކެވެ.

ނިޔަތް ގަންނަނީ ހިތުންނެވެ. ނަމަވެސް އިމާމު ޝާފިޢީ ވިދާޅުވާ ގޮތުގައި ހިތުގައި އޮތް ނިޔަތަށް ތާއީދު ކުރުމުގެ ގޮތުން ދުލުންވެސް ނިޔަތް ކިއުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެއީ ދީނަށް ވަންނަ މީހާ ޝަހާދަތް ކިޔަން ޖެހޭ ފަދައިންނެވެ. ޙައްޖާއި ޤުރުބާނީއާއި މިއަޅުކަންތައް ތަކުގައި ނިޔަތް ދުލުން ކިއުން އޮންނަ ފަދައިންނެވެ.

އޭގައި އޮންނަ ނިޔަތަކީ: نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانَ هَذِهِ السَّنَةِ لِلَّهِ تَعَالَى: މާނައީ: މަތިވެެރި މާތްﷲ އަށްޓަކައި މިއަހަރު ރަމަޟާން މަހުގެ ފަރުޟު އަދާކުޅައުމަށް މާދަމާ ރޯދަ ހިފުމަށް ނިޔަތް ގަތީމެވެ. މިއެވެ.

އައްޝައިޚް ޙުސެއިން ރަޝީދު އަޙްމަދުގެ ލިޔުއްވުމަކުން ނަކަލުކޮށްފައި

ޓެގް

ރޯދައިގެނިޔަތް ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.