ކުޅިވަރު ކެނދިކުޅުދޫގައި ބޭއްވި ބޭސިކް ކޯޗިންގ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓްދީފި

ކެނދިކުޅުދޫގައި ބޭއްވި ބޭސިކް ކޯޗިންގ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓްދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކެނދިކުޅުދޫގައި ބޭއްވި ފުޓްބޯޅަ ބޭސިކް ކޯޗިންގ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކުރާ
މަސައްކަތުގެ ދަށުން ފުޓްބޯޅަ ކޯޗުން ތަމްރީންކުރުމުގެ ކޯހެއް ނ.ކެނދިކުޅުދޫގައި ބާއްވާ ފައި ވާއިރު މި ކޯހުގައި ބައިވެރިންނަށް އިއްޔެ ޕާޓިސިޕޭޝަން ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ .

މި ކޯހަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ނ. ކެނދިކުޅުދޫ ކައުންސިލް އަދި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.

މި ކޯހުގައި ނ. އަތޮޅުގެ3 ރަށަކުންނާއި ށ. އަތޮޅުގެ ރަށަކުން ޖުމްލަ 22 ބައިވެރިން ބައިވެރިވެފައިވާ އިރު ސެޓްފިކެޓް ހާސިލް ކޮށްފައިވަނީ 17 ބައިވެރިންނެވެ. އެއީ އަންހެން ދެ ބައިވެރިންނާއި ފިރިހެން 15 ބައިވެރިންނެވެ.

މި މަހުގެ 16 އިން 28 އަށް ކުރިޔަށް ގެންދެވުނު މި ކޯހުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައި ދެއްވީ
މުޙައްމަދު ޝާޒުލީ އަދި އަޙްމަދު ޝަރީފެވެ.

ޓެގް

ކެނދިކުޅުދޫ ފުޓްބޯޅަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.