ޚަބަރު އިދިކޮޅު އެއްވުމުން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަން

އިދިކޮޅު އެއްވުމުން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީއެމްއާއި ޕީއެންސީން މިއަދު ބޭއްވި “ނޭވާ ހޮޅިއަށް” ހަރަކާތުގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަމާއި ގުޅިގެން މިއަދު ފުލުހުން ވިދާޅުވެފައި ވަނީ ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިންގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އަދި އެމީހުންނަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޕީޕީއެމުން ބުނީ މިއަދު ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅަށް ނިސްބަތްވާ ދެ މަޖިލިސް މެންބަރުންކަމަށްވާ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާނު މައުމޫނާއި، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ހިމެނޭ ކަމަށެވެ. އަދި އެ ބޭފުޅުން ދޫކޮށްލަން ވެސް އެ ޕާޓީން ގޮވާލާފަވެއެވެ.

ނޭވާހޮޅިއަށް” ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ވެރިރަށް މާލޭގައި ބޭއްވި މި އެއްވުން ކުރިއަށް ގެންގޮސްފައި ވަނީ، މި އެއްވުން ކުރިއަށް ނުގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާފައި ވަނިކޮށެވެ.

އަދި ދައުލަތުގެ ރަސްމީ އިދާރާތަކުގެ އަންގާ އެންގުންތަކަށް ސިޔާސީ ޕާޓީތަކުން ބޯލެނބުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ނަމަވެސް އިދިކޮޅުން ބުނަމުން ދަނީ ޤާނޫނު އަސާސީން ލިބިދޭ ޚިޔާލްފާޅުކުރުމުގެ މިނިވަންކަމަށް ޖާގަ އޮންނަންޖެހޭނެ ކަމަށެވެ.

ޓެގް

ޕީޕިއެމް އިންޑިއާ އައުޓް އިދިކޮޅުކޯލިޝަން ޕީއެންސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.