ދީން މައިން ބަފައިންގެ ގެއްލިފަ ހުންނަ ރޯދަ ދަރިންނަށް ހިފިދާނެތޯ؟

މައިން ބަފައިންގެ ގެއްލިފަ ހުންނަ ރޯދަ ދަރިންނަށް ހިފިދާނެތޯ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު:
މައިން ބަފައިންގެ ގެއްލިފަ ހުންނަ ރޯދަ ދަރިންނަށް ހިފިދާނެތޯ؟

ޖަވާބު:
ދުނިޔޭގައި ތިބި މައިން ބަފައިންގެ ގެއްލިފައިވާ ރޯދަ ދަރީން ހިފާކަށް ނުޖެހޭނެ އެވެ. މައިން ބަފައިން މަރުވެ ގޮސްފައިވާނަމަ އަދި އެބައިންމީހުން ހިފަން ޖެހޭ ރޯދަ ހުރި ނަމަ އައްނަނިވި ހާލަތްތަކަށް ބައްލަވާ:

  • މަރުވެ ދިޔައީ ދާއިމީ ބައްޔެއްގައި ރޯދަ ހިފުމުގެ ފުރުސަތު ނުލިބި ބަލިން ރަންގަޅު ނުވެ ކަމުގައި ވާނަމަ ރޯދަ ހިފާކަށް ނުޖެހޭނެ. އެހެނީ ބަލި މީހާގެ މައްޗަށް ރޯދަ ހިފުން ވާޖިބެއް ނޫން. އަދި ބަލި މީހާގެ ބަލަދު ވެރިންވެސް އޭރުން ރޯދަ ހިފާކަށް ނުޖެހޭނެ. އެ ހާލަތުގަ ރޯދައިގެ ބަދަލުގަ ކާން ދޭކަށްވެސް ނުޖެހޭނެއެވެ.
  • މައިންބަފައިން މަރުވެދިޔައީ ރޯދަ ހިފުމުގެ ފުރުސަތު ލިބި ރޯދަ ނުހިފި ނަމަ (މާނަ އަކީ ބަލިން ރަންގަޅު ވެފަ، އެކަމަކު ރޯދަ ތަށް ނުހިފި ނަމަ) އެ ރޯދަތައް މައްޔިތާގެ އައުލިޔާއިން (ގާއި މީހުން) ޤަލާ ކުރަން ޖެހޭނެ. އެޔީ މި ހަދީސް ގައި ވާ ފަދައިން ( مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ ) رواه البخاري (1952) ومسلم (1147) . މާނައަކީ ރޯދަ ނުހިފި މީހަކު މަރު ވެއްޖެ ނަމަ އޭނާގެ ވަލިއްޔުން އޭނަގެ މަތިން ރޯދަ ހިފާށެވެ. މި ހަދީސްގަ މި އިޝާރާތް ކުރަނީ ބަލިން ރަނގަޅު ވެފަ ރޯދަ ނުހިފި ވާ މީހުއްނަށް. އެންމެ އައުލާކަން ބޮޑީ މަރުވެފައިވާ މީހާގެ ގާއި މީހުން މިސާލަކަށް ދަރިން އެކަން ކުރުން. ރޯދަތައް އެމީހުންގެ މަތިން ހިފައިފި ނަމަ ދެން މިސްކީނުއްނަށް ކާން ދޭކަށް ނުޖެހޭނެ.އެވެ.

✍الشيخ محمد شافع

SheikhShafiuQA

ޓެގް

ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.