ޚަބަރު

ސްކޫލަށްދާއިރު މާސްކް އަޅަން މަޖުބޫރު ނޫންކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން އަންގައިފި


ސްކޫލަށް ދާއިރު މާސްކު އަޅަން ނުޖެހޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން އަންގައިފިއެވެ. މިރޭ އެޑިޔުކޭޝަން މިނިސްޓްރީއިން ކުރި އިޢުލާނެއްގައިވަނީ ހެލްތު ޕްރެޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އާންމު ތަންތަނުގައި މާސްކު އަޅަން ނުޖެހޭނެކަމަށް ނިންމުމާ ގުޅިގެން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމަކީ މަޖުބޫރުކަމެއް ނޫންކަމުގައެވެ.

ނަމަވެސް ބެލެނިވެރިޔާ އާއި ދަރިވަރުން ބޭނުން ނަމަ ދަރިވަރުން މާސްކު އަޅައިގެން ސްކޫލަށް ފޮނުވިދާނެ ކަމުގައެވެ. އަދި ހައި ރިސްކު ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމަކީ އެދެވިގެނަވާ ކަމެއް ކަމުގައެވެ.

ސްކޫލްގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުމަކީ މަޖުބޫރުކަމެއް ކަމުގައި ނުވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ސްކޫލްގައި ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓްރީއިން އަންގާފައި ވެއެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close