ބޭރުދުނިޔެ ޔުކްރެއިންގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ރަޝިއާއިން ބޮންއަޅާ ހަލާކުކޮށްލައިފި

ޔުކްރެއިންގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ރަޝިއާއިން ބޮންއަޅާ ހަލާކުކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔުކްރެއިންގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ރަޝިއާއިން ބޮންއަޅާ ހަލާކުކޮށްލައިފި ކަމަށް ޔުކްރެއިން އިން ބުނެފިއެވެ.

ޔުކްރެއިންގެ އޮފިޝަލުންނާއި، ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ވައިގެ މަގުން ދިން ބޮމުގެ ހަމަލާއެއްގައި ޔުކްރެއިންގެ ކުޑަކުދިންގެ ހޮސްޕިޓަލެއްވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކު ކޮށްލައިފައެވެ.

ޔުކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ އެއީ “ހަޑިމުޑުދާރު އަމަލެއް” ކަމަށް ސިފަކުރައްވާފައެވެ.

ބޮމުގެ ޙަމަލާއާ ގުޅިގެން ސުވާލުކުރުމުން ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް، ވިދާޅުވިކަމަށް ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވަނީ ރަޝިޔާ ސިފައިން މަދަނީ އަމާޒުތަކަށް ހަމަލާ ނުދޭނެ ކަމަށެވެ.

ޔޫކްރެއިންގެ ޚާރިޖީ ވުޒާރާއިން ވަނީ ތިންބުރީގެ އެ ހޮސްޕިޓަލް ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެ ޢިމާރާތާއި، އިމާރާތުގެ ކައިރީގައިވާ ގަސްތަކާއި އެހެނިހެން ތަކެތި ވަނީ ސުންނާފަތި ކޮށްފައެވެ.

ޑޮނޭޓްސްކް ސަރަހައްދުގެ ގަވަރުނަރު ވިދާޅުވީ އެ ހަމަލާގައި 17 މީހުން ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ލޭބަރުންގެ ތެރޭގައި އަންހެނުންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެ ރިޕޯޓްތަކުގެ ސައްހަކަން އަދި ކަށަވަރު ކުރެވޭ ގޮތެއް ނުވެ އެވެ.

ޓެގް

ޔުކްރެއިން ރަޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.