ނޭޓޯގެ މެމްބަރުކަން ހޯދުމަށް ޔޫކްރެއިންއިން ދެން މަސައްކަތެއް ނުކުރާނެ: ޒެލެންސްކީ
ނޭޓޯގެ މެމްބަރުކަން ހޯދުމަށް ޔޫކްރެއިންއިން ދެން ބާރު އަޅަމުންނުދާ ކަމަށް ރަޝިޔާއަށް އިޝާރާތް ކުރައްވައި ޔޫކްރެއިންއިން ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިންއަށް ނޭޓޯގެ މެމްބަރުކަން ހޯދުމަށް އޭނާ މިހާރު ޕްރެޝަރު ނުކުރައްވާ ކަމަށާއި، މިއީ ރަޝިޔާއިން ހުޅަނގުގެ އަވަށްޓެރި ގައުމަކަށް ހަމަލާދޭން މެދުވެރިވި އެއް ސަބަބު ކަމަށެވެ.
ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، 24 ފެބުރުވަރީގައި ބަލައިގެންފައިވާ ދެ ސަރަޙައްދެއްގެ ޙާލަތާމެދު އަމިއްލަ ފުޅު ހައިސިއްޔަތުން “ކޮމްޕްރޮމައިޒް” ވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
“އަހަންނަށް އިނގޭ ޔޫކްރެއިން ބަލައިގަންނަން ނޭޓޯ އޮތީ ތައްޔާރަކަށް ނޫން،” އޭބީސީ ނިއުސްއިން ހޯމަ ދުވަހުގެ ރޭ ގެނެސްދިން އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވި އެވެ.
ނޭޓޯގެ މެމްބަރަކަށް އިޝާރާތް ކުރައްވާ ޒެލެންސްކީ ތަރުޖަމާނަކު މެދުވެރިކޮށް ވިދާޅުވީ “ކަކޫ މައްޗަށް ތިރިވެ އާދޭސް ކުރާ ގައުމެއްގެ ރައީސަކަށް ވާން ބޭނުން ނުވާ” ކަމަށެވެ.
ސޯވިއެޓް ޔޫނިއަންގެ ކިބައިން ޔޫރަޕް ސަލާމަތް ކުރުމަށް ފިނި ހަނގުރާމަ ފެށުނު އިރު އުފެއްދި އެޓްލާންޓިކް ކަނޑުހުރަސްކޮށް އުފެދިފައިވާ އެލަޔަންސް ނޭޓޯގައި އަވަށްޓެރި ޔޫކްރެއިން ބައިވެރިކުރާން ބޭނުން ނުވާ ކަމަށް ރަޝިއާއިން ވަނީ ކުރިންވެސް ބުނެފައެވެ.
ރަޝިޔާއިން ދެކެނީ ނޭޓޯ ބޮޑުކުރުމަކީ ނުރައްކަލެއްގެ ގޮތުގައެވެ.
ޔޫކްރެއިންގެ ހަނގުރާމަ ފެށުމުގެ އަމުރު ކުރެއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޕޫޓިން ވަނީ އިރުމަތީ ޔޫކްރެއިންގައި ވަކިވެގަނެގެން އުޅޭ ދެ ސަރަޙައްދެއް “ރިޕަބްލިކަން” ގެ ގޮތުގައި ބަލައިގެންފަ އެވެ.



