ބޭރުދުނިޔެ

ރަޝިއާގެ ބިލިއަނަރުންގެ ޚަޒާނާއިން އެތައްބިލިއަން ޑޮލަރެއް ގެއްލުން

ރަޝިއާ އިން ޔޫކްރެއިންއަށް އެރުމުގެ ސަބަބުން ރަޝިއާގެ ބިލިއަނަރުންގެ ޚަޒާނާއިން އެތައްބިލިއަން ޑޮލަރެއް ގެއްލުންވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޔޫކްރެއިންގެ ހަނގުރާމަ ރައީސް ވްލަޑިމިއަރ ޕޫޓިން ފެއްޓެވި ފަހުންރަޝިޔާގެ ހިއްސާގެ ބާޒާރުގައި ރޫބެލް ވެއްޓުނު އިރު، ރަޝިޔާގެ ބިލިއަނަރުންގެ ޚަޒާނާއިން އެތައް ބިލިއަން ޑޮލަރެއް ވަނީ ނެތިގެން ގޮސްފައެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާދީއްތަ ދުވަހު ކްރެމްލިންގައި ބޭއްވި ބައްދަލުވުމެއްގައި އެޤައުމުގެ އެންމެ އިސް ވިޔަފާރިވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ މިހާރު ހިނގަމުންދާ ކަންތައްތަކަކީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަމަށެވެ.

ޕުޓިން ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުމުގައި މަދުވެގެން 13 ބިލިއަނަރުން ބައިވެރިވިއެވެ. “އެނޫން ގޮތަކަށް ކަންތައް ކުރުމުގެ އެއްވެސް ފުރުސަތެއް އަހަރެމެންނަށް ލިބިފައެއް ނުވޭ،” ޕުޓިން އެ މީހުންނަށް ވިދާޅުވި އެވެ.

ރިޕޯޓުތައް ބުނާގޮތުން ބިލިއަނަރުންގެ ތެރެއިން އެއްވެސް މީހަކު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ފޯބްސްގެ ރިޕޯޓެއްގައި ވާގޮތުން ރަޝިޔާއިން ޔޫކްރެއިންއަށް ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އަރައި، ހަމަލާ ދިން ފަހުން 116 އަށްވުރެ ގިނަ ބިލިއަނަރުންގެ އަތުން 126 ބިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ގެއްލިފައެވެ.

އޭގެ ތެރެއިން 71 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުންވެފައި ވަނީ ރަޝިއާގެ މޮކްސް އިންޑެކްސް 33 ޕަސެންޓް ބަންދުކޮށް، ރުބެލްގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ވެއްޓުމާ ގުޅިގެން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close