ޚަބަރު

ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ދެމީހުން ފުނަދޫން ނިޔާވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު ދެ މީހަކު ށ.ފުނަދޫން ނިޔާވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ބުނީ މި ދެމީހުންވެސް ނިޔާވެފައިވަނީ ށ. ފުނަދޫގައި ހުންނަ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ނިޔާވެފައިވަނީ އުމުރުން 78 އަހަރުގެ ފިރިހެނަކާއި ހަ79 އަހަރުގެ އަންހެނެކެވެ. މީގެ ތެރެއިން އަންހެން މީހާ މިމަހުގެ 22 ވަނަ ދުވަހު އެ ފެސިލިޓީގައި ނިޔާވި އިރު ފިރިހެން މީހާ ނިޔާވެފައިވަނީ އިއްޔެ އެވެ.

މި މަރުތަކާއިއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ296ށް އަރާފަ އެވެ.

މެދުކެނޑުމަކަށް ފަހު ކޯވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ މިދިޔަ މަހު އެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ބަލާއި އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 168،000 އަށް އަރާފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close