ޚަބަރު

ޒެލެންސްކީ ދައްކަވަމުންދަނީ ހިތްވަރުގަދަ މިސާލެއް : ރައީސް ނަޝީދު

ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ހަނގުރާމައިގެ މައިދާނަށް ނުކުމެ ދައްކަވަމުންދަނީ ހިތްވަރުގަދަ މިސާލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ރަޝިއާ ސިފައިން ޔޫކްރެއިންއަށް އަރައި ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް150ށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. އެމީހުންގެ މިހާރު ގެ އަމާޒު ޔޫކްރެއިންގެ ވެރިރަށް ކީވް ހިފުމަށް ހުރި އިރު ކީވްގެ ވަށައިގެންވާ ހުރިހާ ސަރަހައްދަކުންހެން ރަޝިއާ ސިފައިން ދަނީ އެ ސިޓީއަށް އެތެރެވަމުންނެވެ.

މިކަމާއި ގުޅިގެން އެމެރިކާއިން ވަނީ ރައްކާތެރިކަމުގެ ގޮތުން ރައީސް ޒެލެންސްކީ އެގައުމަށް ގެންދިއުމަށް ހުށަހަޅާފަ އެވެ. އެކަމަކު އޭނާ ނިންމެވީ ގައުމު ދޫކޮށް ނުގޮސް ރައްޔިތުންނާއި ގައުމުގެ ދިފާއުގައި ހަނގުރާމައަށް ނުކުންނަވާށެވެ.

މިކަމާއި ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫކްރެއިންގެ ރައީސް ދައްކަވަމުންދާ ހިތްވަރަށް އެޗެއް ބުނެ ނުލައި ހުންނެވުމަކީ ނުކުރެވޭނެ ކަމެއް ކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ދައްކަވަމުންދަނީ ވަރުގަދަކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close