ބޭރުދުނިޔެ 48 ގަޑިއިރުތެރޭ ޔޫކްރެއިންގެ 50،000 އަށްވުރެ ގިނަ ރައްޔިތުން ގައުމުދޫކޮށް ހިނގައްޖެ: އދ

48 ގަޑިއިރުތެރޭ ޔޫކްރެއިންގެ 50،000 އަށްވުރެ ގިނަ ރައްޔިތުން ގައުމުދޫކޮށް ހިނގައްޖެ: އދ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަޝިޔާއިން ދިން ޙަމަލާއަށްފަހު ޔޫކްރެއިންގެ 50،000 އަށްވުރެ ގިނަ މީހުން އެޤައުމުން ފިލައިގެން ގޮސްފައިވާކަމަށް އދގެ ރެފިއުޖީންނާބެހޭ ހައިކޮމިޝަނަރު ވިދާޅުވެއްޖެއެވެ.

ފިލިޕޯ ގްރާންޑީ ވިދާޅުވީ، ޤައުމުން ބޭރަށް ފުރައިގެން ދިޔަ މީހުންގެ ތެރެއިން ގިނަ މީހުން ދިޔައީ އަވަށްޓެރި ޕޮލެންޑާއި މޯލްޑޯވާއަށް ކަމަށެވެ.

“ބޯޑަރު ހުޅުވާލައި ރެފިއުޖީންނަށް މަރުހަބާ ކިޔަމުންދާ ގައުމުތަކުގެ ސަރުކާރުތަކަށާއި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން،” އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ގްރާންޑީގެ އަޕްޑޭޓް އައިސްފައި މިވަނީ، ޔޫކްރެއިންގެ 100،000 އާ ގާތްކުރާ އަދަދަކަށް މީހުން މިހާރުވެސް އެކިދިމަ ދިމާއަށް ހިޖުރަކޮށްފައިވާ ކަމަށް އދގެ ރެފިއުޖީ އޭޖެންސީން ބުރާސްފަތި ދުވަހު ބުނެފައި ވަނިކޮށެވެ.

ޓެގް

ޔުކްރެއިން ރަޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.