ސްލޮވާކިއާގައި މަރާލާފައިވާ ނޫސްވެރިޔާ ޖާން ކުޝިއާކްގެ މައްސަލާގައި އާ ޝަރީއަތެއް ފަށަނީ
މީގެ އަހަރުތަކެއް ކުރިން ސްލޮވާކިޔާގައި މަރާލައިފައިވާ އިންވެސްޓިގޭޓިވް ޖާނަލިސްޓް ޖާން ކުޝިއާކް އާއި އޭނާގެ ފިރިކަލުން މާޓިނާ ކުސްނިރޯވާ މަރާލުމަށް އަމުރުކުރި ކަމަށް ބުނާ ބިޒްނަސް އެގްޒެކެޓިވްގެ މައްޗަށް އާ ޝަރީއަތެއް ހިންގަން ސްލޮވާކިއާ އިން ނިންމައިފި އެވެ.
ކޯޓުގެ ތަރުޖަމާނު ކަޓަރީނާ ކުޑްޖަކޯވާ ބުދަ ދުވަހު ޑީޕީއޭ ނިއުސް އޭޖެންސީއަށް ކަށަވަރުކޮށްދެއްވި ގޮތުގައި، މިލިޔަނަރު މެރިއަން ކޮކްނަރއާއި، އޭނާގެ ބައިވެރިޔަކާ ދެކޮޅަށް ބްރަޓިސްލާވާގެ އިރުމަތީގައި އޮންނަ ޕެޒިނޮކްގައި ހުންނަ ސްޕެޝަލް ކޯޓް ފޮރ އޯގަނައިޒްޑް ކްރައިމްގައި ހޯމަ ދުވަހު އާ ޝަރީއަތެއް ފަށާނެއެވެ.
އުމުރުން 27 އަހަރުގެ އިންވެސްޓިގޭޓިވް ޖާނަލިސްޓް އާއި އޭނާގެ ފިރިކަލުން ގެގައި ބަޑިޖަހައި މަރާލާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ވެލްކާ މަކާ ނަމަކަށް ކިޔާ ވިލެޖުގައި ހުންނަ އެމީހުންގެ ގޭގައެވެ.
ކުޝިއަކް އަކީ އެ ގައުމުގައި ވިޔަފާރިއާއި ސިޔާސީ ކަންކަމާ ދެމެދު އޮތް ގުޅުން ކަވަރު ކުރަމުން ދިޔަ މީހެކެވެ. އޭނާގެ އެންމެ ފަހު ރިޕޯޓުގައި ވަނީ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި ބޮޑެތި މުޒާހަރާތަކެއް ކުރުމަށް ހިތްވަރުދީފަ އެވެ.
ހިޓް އޯޑަރު ދިން ކަމަށް ތުހުމަތު ކުރެވޭ ވިޔަފާރިވެރިޔާ ކޮކްނަރއާ ދެކޮޅަށް ހިންގި ތަހުގީގުން ހާމަވީ އޭނާއާއި ގުޅުންއޮތް ކަރަޕްޝަނުގެ އެތައް ޒަމާނެއް ވީ ނެޓްވޯކް އޮތް ކަމެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި އޭގެ ފަހުން އެތައް ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނާއި ފުލުހުންގެ މަތީ ފަންތީގެ ބޭފުޅުން ވަނީ ހައްޔަރުކޮށްފަ އެވެ.
އަލީނާ ޒެޑްސް ނަމަކަށް ކިޔާ ކޮކްނަރ އާއި އޭނާގެ ތުހުމަތުކުރެވޭ ބައިވެރިޔާ، ހެކި ނެތުމުގެ ސަބަބުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުށުން ބަރީއަވިއިރު، ބައިނަލްއަގުވާމީ ފެންވަރުގައި އެކަމާ ދެކޮޅަށް އަޑުއުފުލިއެވެ.
މިދިޔަ ޖޫން މަހު އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ މައްސަލަ ދަމަހައްޓައި، ކުށުން ބަރީއަވި މީހުންގެ މައްސަލަ ބާތިލުކޮށްފަ އެވެ.
ކޮކްނަރގެ އަމުރަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ ބައިވެރިން މިހާރުވެސް ވަނީ ކުށް ސާބިތުވެފައެވެ.
ކުދްޖަކޯވާ ވިދާޅުވީ، އަންނަ ހަފްތާގައި ކުރިއަށް ގެންދާ ޝަރީއަތުގައި އުފުލާފައިވާ ދައުވާތަކަކީ ހަމައެކަނި އެދެމަފިރިން މެރުމުގެ ދައުވާތަކެއް ނޫން ކަމަށާއި، އިތުރު އެތައް މަރާވެސް ގުޅުން ހުރި ދައުވާތަކެއް ކަމަށެވެ.


