ޚަބަރު ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް ޢިމާރާތް ކުރާނެ ބަޔަކު ހޯދަން އިޢުލާނު ކޮށްފި

ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް ޢިމާރާތް ކުރާނެ ބަޔަކު ހޯދަން އިޢުލާނު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގަިއ ބުނެފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަމުން އަންނަ ކަމަށާއި އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ “އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ.

މި ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަންނަ މާޗު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް މި ފައިސާ ބަލައިގަންނާނީ މިނިސްޓްރީގެ ބަންޑޭރި ޕޭ މެދުވެރިކޮށެވެ.

މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީއަކީ 2.1 މިލިއަން ރުފިޔާ ކަމަށް ވާއިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. މި މަޝްރޫއުގެ ބީލަން ހުޅުވުން އޮންނާނީ މާޗު މަހުގެ ތިން ވަނަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ އެވެ.

ޓެގް

ކުޅުދުއްފުށި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.