ޚަބަރު

2023 ގެ ރިޔާސީ އިންތިޚާބަށް އެލެކްޝަންސް އިން ތައްޔާރީތައް ވާން ފަށައި

2023ގައި އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރީތައް ވާން ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން އިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ “ފަލަސުރުޚީ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވީ މިހާރުން ފަށައިގެން ސޮފްޓްވެއަރތައް އަޕްޑޭޓް ކުރުމާއި ރިސާޗްތައް ފަށާފައިވާ ކަމަށާއި މީގެ ކުރިން ހަދާފައިވާ ސޮފްޓްވެއަރތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ފުއާދު ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ ނެޓް ބުކްތަކާއި ޓެބްލެޓްތައްވެސް ބަދަލު ކުރަންޖެހޭކަމަށެވެ. އަދި ނެޓް ބުކްތަކަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށް ގެނެސްފައިވާ ނެޓް ބުކްތަކެއް ކަމަށާއި ޓެބްލެޓްތައް ހޯދާފައިވަނީ މީގެ ފަސް އަހަރު ކުރިން ކަމަށް ފުއާދު ވިދާޅުވިއެވެ.

“މީގެ ފަސް އަހަރު ކުރިން ހޯދި ޓެބްލެޓްތައް ވެސް އެއީ އެހާ ފެންވަރު ރަނގަޅު ޓެބްލެޓްތަކެއް ނޫން. އޭގެ ތެރެއިން ވެސް ވަރަށް ގިނަ ޓްބްލެޓްތައް މަސައްކަތް ނުކުރޭ. ދެން އަނެއްކޮޅުން އަޅިގަނޑުމެން ދައުލަތުގެ އެހެން މުއައްސަސާތަކަަސް ވެސް ޓްބްލެޓްތަކާ ނެޓްބުކްތަކާ އެއްޗެހި ދޫކުރަމުން މިދަނީ. އެބޭފުޅުންގެ ސަރވޭ ތަކަކަށް ވިޔަސް އަދި އިދާރީ މަސައްކަތްތައއ ކުރައްވަން ވިޔަސް އަޅުގަނޑުމެންގެ ބައެއް ކޮމްޕިއުޓަރ އެއްޗެހި ދެމުން މިދަނީ” ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ މިހާރު ހުރި މިފަދަ ވަސީލަތްތަކާއި ގުޅޭގޮތުން ދިރާސާތައް ކުރެވި އިތުރަށް ބޭނުންވަނީ ކިހާ ތަކެއްޗެއްތޯ ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން މިހާރު ވެސް މަޝްވަރާ ކުރެވެމުން ދާ ކަމަށް ފުއާދު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close