ބޭރުދުނިޔެ

ސަރަހައްދީ ތަރައްގީއާއި ދެ ގައުމުން ކަންބޮޑުވާ މައްސަލަތަކާ ބެހޭ ގޮތުން ސަލްމާން ރަސްގެފާނާއި ބައިޑަންއާއި ދެބޭފުޅުން މަޝްވަރާ ކުރައްވައިފި

ސަރަހައްދީ ތަރައްގީއާއި ދެ ގައުމުން ކަންބޮޑުވާ މައްސަލަތަކާ ބެހޭ ގޮތުން ސަލްމާން ރަސްގެފާނާއި ބައިޑަންއާއި ދެބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ.

ސަލްމާން ރަސްގެފާނާ ފޯނުން ގުޅުއްވައި ބައިޑަން ވަނީ ސައޫދީ އަށް އެމެރިކާއިން ދޭ ތާއީދާއި ހަކަތައިގެ ސަޕްލައިއާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

ވައިޓް ހައުސް އިން ބުދަ ދުވަހު ބުނީ ރައީސް ޖޯ ބައިޑަން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އާ ވާހަކަ ދެއްކެވީ ސަރަހައްދީ ތަރައްގީއާއި ދެ ގައުމުން ކަންބޮޑުވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށާއި އޭގެ ތެރޭގައި “ސައޫދީ އަރަބިއްޔާގެ މަދަނީ އަމާޒުތަކަށް އަމާޒުކޮށް ހޫތީން ދޭ ހަމަލާތައް ވެސް ހިމެނޭ” ކަމަށެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބައިޑަން ވަނީ ހޫތީންގެ ހަމަލާތަކުން އެގައުމުގެ ރައްޔިތުންނާއި ސަރަހައްދުގެ ދިފާއުގައި ސައޫދީ އަރަބިއްޔާއަށް އެއްބާރުލުން ދިނުމަށް ވޮޝިންޓަން އިން ދޭ އަހައްމިއްޔަތުކަމާއި “ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އދ އިން އިސްނަގައިގެން ކުރާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ” ކަމަށް ވިދާޅުވެފައެވެ.

“އީރާނަށް ދުވަހަކުވެސް ނިއުކްލިއަރ ހަތިޔާރު ނުހޯދޭނެކަން ކަށަވަރުކުރެއްވުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތު ކަން ފާހަގަކުރައްވައި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ކުރިމަތި ކުރުވަމުންދާ ދަތިތައް އަލުން ޤާއިމްކުރުމަށް މިހާރު ކުރިއަށްދާ މަލްޓިލޭޓަރަލް މަޝްވަރާތަކާ ބެހޭ މަޢުލޫމާތު ރަސްގެފާނަށް އެރުވި” ވައިޓް ހައުސްއިން ބުނެފައި ވެއެވެ.

“މެދުއިރުމަތީގެ ސަރަހައްދާއި ޔޫރަޕާ ގުޅުން ހުރި ކަންކަމާ ބެހޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރެއްވި، ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގައި ދެ ބޭފުޅުންގެ ޓީމުތައް ވަރަށް ގާތުން ކޯޑިނޭޓް ކޮށްގެން ކުރިއަށް ދާނެ ކަމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި،” ބަޔާނުގައި ވެ އެވެ.

އަދި ދުނިޔޭގެ ހަކަތައިގެ ސަޕްލައިއާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ބައިޑަންއާއި އޭނާގެ ސަރުކާރުގެ އޮފިޝަލުން ވަނީ އެތެރޭގެ ތެލުގެ އަގު ހެޔޮކުރުމަށް ސާފުނުކުރާ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށާއި އޯޕެކް+ ގެ އެހެން މެންބަރުންނަށް ޕްރެޝަރުތަކެއް ކޮށްފައެވެ.

“ދެ ލީޑަރުން ވެސް ވަނީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ ހަމަޖެހުން ކަށަވަރުކުރުމަށް އެމެރިކާ އާއި ސައުދީ އަރަބިއްޔާ އިން ދޭ އަހައްމިއްޔަތުކަން އިތުރަށް ތަކުރާރުކޮށްފައި،” ވައިޓް ހައުސް އިން ބުންޏެވެ.

ސައުދީ ދައުލަތުގެ ނޫސް އޭޖެންސީ (އެސްޕީއޭ) އިން ބުނީ ސަރަހައްދީ ހަމަޖެހުމަށް އެއްބާރުލުން އިތުރުކޮށް ޓެރަރިޒަމާ ކުރިމަތިލުމަށް ދެ ލީޑަރުން ވާހަކަ ދެއްކެވި ކަމަށެވެ.

ސަލްމާން ރަސްގެފާނު ވަނީ އޯޕެކް+ އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތައި، ތެލުގެ ބާޒާރުތަކުގައި ހަމަޖެހުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި ސަޢޫދީ ޢަރަބިއްޔާއާއެކު ބައިޑަން ހުއްޓިވަޑައިގެން ހުންނަވައި، “ދިފާޢީ ބޭނުންތައް ފުއްދަވާ، އޭގެ ސަބަބުން ސައޫދީއާއި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެ” ކަމަށް ބުނެ ސަލްމާން ރަސްގެފާނު ވަނީ ބައިޑަންއަށް ޝުކުރު އަދާކުރައްވާފައެވެ.

އެސްޕީއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާން ރަސްގެފާނު ވަނީ “ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ނައްތާލުމަށާއި މަޝްވަރާތައް ކުރިއެރުވުމަށް ސައުދީ އަރަބިއްޔާ އިން އަހައްމިއްޔަތުކަން ދޭކަން ކަށަވަރުކޮށްދެއްވާފައެވެ.”

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close