ޚަބަރު ލަންކާގައި މަރުވެފައި އޮއްވާ ފެނުނު އަފްހާމްގެ ޕޯސްޓްމޯޓެމް ހަދައިފި

ލަންކާގައި މަރުވެފައި އޮއްވާ ފެނުނު އަފްހާމްގެ ޕޯސްޓްމޯޓެމް ހަދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްރީލަންކާއިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު އަފްހާމް ނަސީރު, 24 ގެ ޕޯސްޓްމޯޓެމް ހަދައި އޭނާގެ ޖަނާޒާ މިރޭ ބާއްވަން ނިންމައިފި އެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވާ ފެނުނީ ފެބްރުއަރީ 5، ގައި ވެއްލަވައްތަގެ ގޮނޑުދޮށުންނެވެ. ހަށިގަނޑު ފެނުނު އިރު ޒަހަމްތަކެއް ވެސް ހުރި ކަމަށާއި އެ ސަރަހައްދުން ހޮނިހިރު ދުވަހު އިތުރު މީހެއްގެ ހަށިގަނޑު ވެސް ފެނުނު ކަމަށް ލަންކާ ފުލުހުން ބުނެފައިވެ އެވެ.

އެ ސަރަހައްދުން ވަޅިއަކާއި އަފްހާމް ގެންގުޅު ބައެއް ތަކެތި ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވެ އެވެ.

“ލަންކާގައި ނިޔާވެފައިވާ ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް މިއަދު ވަނީ ހަދާފައި. ދިވެހި ފުލުހުންގެ ފަރާތުން ލަންކާގައި ހަރަކާތްތެރިވަމުންދާ ޓީމަށް ލަންކާގެ ފުލުހުން މައުލޫމާތު ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދެމުންދޭ. އާއިލާގެ ފަރާތުން އަންނަނީ މިރޭގެ ވަގުތެއްގައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުން.” ފުލުހުން މިއަދު ބުންޏެވެ.

ދިވެހި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ސީނިއާ އޮފިސަރަކާއި ފުލުހުންގެ އިންވެސްޓިގޭޓަރެއް އަންނަނީ ލަންކާއަށް ގޮސް މި ތަހުގީގުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ލަންކާ ފުލުހުން ކުރިޔަށް ގެންދާ ތަހުގީގުގައި ދިވެހި ފުލުހުން ވެސް ބައިވެރިވާނެ އެވެ.

ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމް ހާސިލް ކުރަމުން ދިޔަ އަފްހާމްއާ އާއިލާ މީހަކާ އެންމެފަހުން ބައްދަލުވީ ހުކުރު ދުވަހުގެ ރޭ 11:00 ހާއިރު ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.

ޓެގް

އަފްހާމް މަރު ލަންކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.