އައިސިސް-ކޭ ޖަމާއަތުގެ ލީޑަރު ވީތަނެއް ގެ އެއްވެސް މައުލޫމާތެއް ދޭފަރާތަކަށް އެމެރިކާއިން 10 މިލިއަން ޑޮލަރު ދެނީ
އައިސިސް-ކޭ ޖަމާއަތުގެ ލީޑަރު ސަނޫالله ޣަފަރީ ވީތަނެއް ގެ އެއްވެސް މައުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް އެމެރިކާއިން 10 މިލިއަން ޑޮލަރާ ހުށަހަޅާފައިވާ ކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ހޯމަ ދުވަހު ހާމަކޮށްފިއެވެ.
ބުނެވޭ ގޮތުގައި ޣާފަރީއަކީ އައިސިސް އިން އެ ޖަމާއަތުގެ ސަރަހައްދީ އެފިލިއޭޓް ލީޑް ކުރުމަށް 2020 ވަނަ އަހަރުގެ ޖޫން މަހު އައްޔަން ކޮށްފައިވާ މީހެކެވެ.
“ޣާފަރީއަކީ މުޅި އަފްޣާނިސްތާނުގައި އައިސިސް-ކޭގެ ހުރިހާ އޮޕަރޭޝަންތަކަށް ރުހުން ދިނުމާއި އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ޒިންމާ އަދާކުރާ ފަރާތެވެ،” ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އޭނާއަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާއިން ހާއްސަ ގޮތެއްގައި ކަނޑައަޅާފައިވާ ގްލޯބަލް ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ މީހެކެވެ.
އެގޮތުން، 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ކާބުލްގެ އެއާޕޯޓުގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާގައި އެމެރިކާގެ ހިދުމަތުގެ 13 މެމްބަރުންނާއި، އަފްޣާނިސްތާނުގެ 170 އަށްވުރެ ގިނަ މީހުން މަރާލި ހާދިސާގެ ޒިންމާވެސް އަޅުވަނީ އޭނާގެ ބޮލުގައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު އައިސިސް-ކޭ އިން ދިން ހަމަލާގައި އިތުރު 150 މީހުން ޒަހަމްވި އިރު އޭގެ ތެރޭގައި އެމެރިކާގެ ސާވިސް މެމްބަރުން ވެސް ހިމެނެ އެވެ.
އެމެރިކާއާއި އިދިކޮޅު ޖަމާއަތްތަކުގެ ވެރިން ހިފާ ހައްޔަރުކުރުމުގައި މީގެ ކުރިންވެސް އެޤައުމުންވަނީ ފައިސާގެ ބޮޑެތި އަދަދުތައް އިނާމެއްގެ ގޮތުގައި ހުށަހަޅާފައެވެ.


