ޚަބަރު އަޑުބަރޭ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

އަޑުބަރޭ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)އަށް އިއްވި ހުކުމް ތަންފީޒުކުރަން އޭނާ ހަވާލުކޮށްދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެދުމާ ގުޅުގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އަޑުބަރޭ އަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އޭނާ މިވަގުތު އިނގިރޭސިވިލާތުގައި ކަމަށްވެ އެވެ.

އަޑުބަރޭ އަށް ޖަލު ހުކުމެއް އައީ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލައި ޝަރީއަތް ފަށާފައި ވަނިކޮށް އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށްދާން ޖާމިނުވުމަށް ފަހު އޭނާ ޝަރީއަތަށް ހާޒިރުކޮށްދީފައި ނުވާތީ އެވެ.

އަޑުބަރޭ ޖަލަށް ލާން ބެލިއިރު ވީތަނެއް ނޭނގިގެން ކަރެކްޝަނަލް ސާވިސް އިން މިދިޔަ ހަފުތާގައި ވަނީ އޭނާ ހާޒިރުކޮށްދޭން ފުލުސް އޮފީހުގައި އެދިފަ އެވެ.

ފުލުހުން ބުނ ޑުބަރޭ ހާޒިރު ކޮށްދޭން އެދުމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް އަޑުބަރޭގެ މައްސަލައާއި ގުޅިގެން ފުލުހުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޯޓުން ކުރި ހުކުމުގައި ވަނީ އަލީ ވަހީދު ގެންނަން އަޑުބަރޭ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

އަޑު ބަރޭގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ ގިނަ އިރުތަކެއް ނުވެ އޭނާ ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށްފަ އެވެ.

އަލީ ވަހީދު މިހާތަނަށް ވެސް ރާއްޖެ ގެނެސްފައި ނުވާއިރު، އޭނާއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލާގެ އަޑުއެހުމަށް ހާޒިރު ނުވުމުން އޭނާގެ މައްޗަށް ވެސް ދެ މަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ކުރިން އޮތީ އިއްވައިފަ އެވެ

ޓެގް

އަޑުބަރޭ އަލީ ވަހީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.