ބޭރުދުނިޔެ އެމެރިކާ އިސްވެ އޮވެ ސޫރިޔާގައި ދިން ޙަމަލާއެއްގައި އައިސިސްގެ ލީޑަރު މަރުވެއްޖެ- ބައިޑަން

އެމެރިކާ އިސްވެ އޮވެ ސޫރިޔާގައި ދިން ޙަމަލާއެއްގައި އައިސިސްގެ ލީޑަރު މަރުވެއްޖެ- ބައިޑަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އައިސިސްގެ ލީޑަރު އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ޤުރައިޝީ މަރާލާފައިވަނީ އެމެރިކާއިން ސީރިއާގެ ހުޅަނގު އުތުރުގައި ދިން ޓެރަރިޒަމްގެ ހަމަލާއެއްގައި ކަމަށެވެ.

މިއީ 2019 ވަނަ އަހަރު އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ މަރާލި ހާދިސާއަށް ފަހު އެމެރިކާއިން އެ ގައުމުގައި ހިންގި އެންމެ ބޮޑު ރެއިޑެވެ.

ޤުރައިޝީ އަމިއްލަފުޅަށް ބޮން ގޮއްވާލާފައިވަނީ އެމެރިކާ ސިފައިން އޭނާގެ ގެއާ ކައިރިވާން ފެށުމުން ކަމަށް ބައިޑަންގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއެވެ. ޕެންޓަގަން އިން ބުނާ ގޮތުގައި އެމެރިކާގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ވައިޓް ހައުސްއިން ނުކުމެވަޑައިގެންނެވި ބައިޑަން މިމޭރުމުން ވާހަކަފުޅު ދެއްކެވީ، މި އޮޕަރޭޝަނަކީ “ހަނގުރާމައިގެ މައިދާނުން ބޮޑު ޓެރަރިސްޓް ލީޑަރެއް” ނަގާފައިވާ އޮޕަރޭޝަނެއް ކަން އިޢްލާން ކުރައްވަމުންނެވެ.

“އަހަރެމެންގެ ފައުޖުތަކުގެ ހިތްވަރުގަދަކަމުގެ ސަބަބުން، މި ބިރުވެރި ޓެރަރިސްޓް ލީޑަރަކީ ދެން އިތުރު މީހެއް ނޫން،” ރޫޒްވެލްޓް ރޫމްއިން ބައިޑަން ވިދާޅުވި އެވެ. “ޓެރަރިސްޓުން އިޚްތިޔާރުކުރީ ކުޑަކުދިންވެސް ހިމެނޭގޮތަށް ޢާއިލާތައް ވަށާލުމަށްކަން އެނގުމުން، ވައިގެ ޙަމަލާއެއް އޭނާއަށް އަމާޒުކުރުމުގެ ބަދަލުގައި، އަމިއްލަ ރައްޔިތުންނަށް މާބޮޑު ނުރައްކަލެއްގައި ސްޕެޝަލް ފޯސަސްގެ ރެއިޑެއް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން އިޚްތިޔާރުކުރީ.” ބައިޑެން ވިދާޅުވިއެވެ.

ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޖޯން ކާރބީ ބުދަ ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިމިޝަން ކުރިއަށް ގެންގޮސްފައިވަނީ މެދުއިރުމަތީގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކާއި ހަރަކާތްތައް ކޮންޓްރޯލް ކުރާ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކަމަށެވެ.

ޓެގް

ބައިޑެން އެމެރިކާ އައިސިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.