ޚަބަރު

ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑަށް ރާއްޖޭގައި ފަރުވާ ހޯދަމުންދިޔަ 73 އަހަރުގެ މީހަކު މިއަދު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވަނީ ސްރީލަންކާގެ ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ، ނިޔާވި 73 އަހަރުގެ ފިރިހެން މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައި.ސީ.ޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއްކަމަށެވެ. އަދި އޭނާ ނިޔާވީ ރޭ 3:04 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 278 އަށް އަރާފައެވެ. އަދި މިއީ މިބަލީގައި މިމަހުގެ ނިޔާވި ދެ ވަނަ މީހާވެސްމެއެވެ. ރާއްޖޭގައި މިވަގުތު 17743 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 63 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. މިހާރުގެ ޕީކްގައި އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close