ބޭރުދުނިޔެ އަފްޣާނިސްތާނުގައި ރަހީނުކޮށްފައިވާ އެމެރިކާގެ ސިފައިންގެ މީހާ ދޫކޮށްލުމަށް ބައިޑަން ގޮވާލައްވައިފި

އަފްޣާނިސްތާނުގައި ރަހީނުކޮށްފައިވާ އެމެރިކާގެ ސިފައިންގެ މީހާ ދޫކޮށްލުމަށް ބައިޑަން ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވޮޝިންޓަން (އޭޕީ) – އަފްޣާނިސްތާނުގައި މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ރަހީނުކޮށްގެން ގެންގުޅުނު އެމެރިކާގެ ކަނޑުގެ ސިފައިންގެ ތަޖުރިބާކާރު މާކް ފްރީރިޗްސް ދޫކޮށްލުމަށް ރައީސް ޖޯ ބައިޑަން އާދީއްތަ ދުވަހު ގޮވާލައްވައިފި އެވެ.

އިލިނޮއިސްގެ ލޮމްބާރޑްގެ ސިވިލް އިންޖިނިއަރއަދި ކޮންޓްރެކްޓަރެއް ކަމަށްވާ ފްރީރިޗްސް ވަގަށް ނަގާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އަފްޣާންގެ ވެރިރަށް ކާބުލްއިންނެވެ. ބެލެވޭ ގޮތުގައި އޭނާ ހުރީ ތާލިބާނުންނާ ގުޅުން އޮންނަ ހަކާނީ ނެޓްވޯކްގެ ބެލުމުގެ ދަށުގަ އެވެ.

“އެމެރިކާ މީހުން ނުވަތަ ކުށެއް ނެތް އާންމުންގެ ސަލާމަތަށް ނުރައްކާ ކުރުމަކީ އަބަދުވެސް ބަލައިގަނެވޭނެ ކަމެއް ނޫން، އަދި ރަހީނުކުރުމަކީ ޖަރީމާއަކާއި ފިނޑި އަމަލެއް،” އެމީހާ ކިޑްނެޕް ކުރިތާ ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހޯމަ ދުވަހު ދެއްވި ބަޔާނެއްގައި ރައީސް ޖޯ ބައިޑަން ވިދާޅުވި އެވެ. “ތާލިބާނުން މާކް ވަގުތުން ދޫކޮށްލަން ޖެހޭ، އެއީ ސައްހަ ކަމަށް ތާލިބާނުން ކުރާ އުއްމީދުތަކާ މެދު އެއްވެސް ކަހަލަ ވިސްނުމެއް ގެންގުޅުއްވާނެ ކަމަށް ލަފާ ކުރެއްވުމުގެ ކުރިން. މިއީ ނެގޯޝިއޭޓް ކުރެވޭނެ ކަމެއް ނޫން.”

ފްރީރިޗްސްގެ އެއްބަނޑު އެއްބަފާ ދައްތަ ޗާލިން ކަކޯރާ ވަނީ ބައިޑަންގެ ވާހަކަތަކަށް އޭނާގެ އާއިލާއިން “ޝުކުރުވެރިވާ” ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އެކަމަކު ހަޤީޤަތުގައި ބޭނުންވަނީ މާކް ގެއަށް ދާން” އާވާ ވާހަކަދެއްކިއެވެ. “އަހަންނަށް އެނގޭ ރައީސްގެ ކުރިމަތީގައި އެކަން ކުރުމަށް އޮޕްޝަންތަކެއް ހުރިކަން އަދި މާކްގެ ސޭފް ރިޓާން އަކީ އޭނާ އަށް ޕާސަނަލީ އިސްކަން ދޭނެ ކަމަކަށް ވާނެ ކަމަށް އުންމީދު ކުރަން.” މާކްގެ ދައްތަ ބުނެފައިވެއެވެ.

ޓެގް

ބައިޑެން އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.