ބޮލީވުޑްމުނިފޫހި

މާދުރީގެ ޚާއްޞަ ވެބް ސީރީޒެއް އަންނަ މަހު 25 ގައި ފަށަނީ


ބޮލީވުޑްގެ ކުރީގެ ތަރި އަނާމިކާ އާނަންދުގެ ހަޔާތުގެ އެކިއެކި ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ، ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް މާދުރީ ޑިކްސިޓްގެ ޚާއްޞަ ވެބް ސީރީޒެއް އަންނަ މަހުގެ 25 ގައި ޕްރިމިއާ ކުރާގޮަށް ހަމަޖެހިއްޖެއެވެ.

ކުރިން “ފައިންޑިންގ އަނާމިކާ”ގެ ނަމުގައި ނެޓްފްލިކްސް އިން ގެނެސްދިނުމަށް ނިންމާފައިވާ މި ވެބްސީރީޒްގެ ނަންވެސް މިހާރު ވަނީ “ދަ ފޭމް ގޭމް”އަށް ބަދަލުކޮށްފައެވެ. ސީރީޒްގެ ނަން ބަދަލުވީކަން ވަނީ ސީރީޒްގެ ޕްރޮޑިއުސަރ ކަރަން ޖޯހަރުވެސް ސޯޝަލް މީޑިއާގައި ހާމަ ކޮށްފައެވެ. އެގޮތުން އައު ނަމާއި ރިލީޒްކުރާނެ ތާރީހާއެކު މި ސީރީޒްގެ ޕޯސްޓަރު ތަކާއި ޕްރޮމޯތައް ވެސް މިހާރު ވަނީ ދައްކަން ފަށާފައެވެ.

މި ސީރީޒް ގައި މާދުރީ ފެނިގެންދާނީ އަނާމިކާގެ ރޯލުންނެވެ.

މާދުރީގެ އިތުރުން ސަންޖޭ ކަޕޫރު، މާނަވް ކޯލް، ލަކްޝްވީރް ސަރަން އަދި މުސަކާން ޖެފްރީވެސް މި ސީރީޒްގެ މުހިންމު ރޯލުތަކުން ފެނިގެން ދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close