ބޭރުދުނިޔެ ތުރުކީގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހު އިރާގުގެ ތެޔޮ ހޮޅިލައިން އަލުން ފަށަނީ

ތުރުކީގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހު އިރާގުގެ ތެޔޮ ހޮޅިލައިން އަލުން ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތުރުކީގެ ދައުލަތުގެ ތެޔޮ އޮޕަރޭޓަރު ބުދަ ދުވަހު ބުނީ އިރާގުގެ އެނަރޖީ ފީލްޑްތައް ބައިނަލްއަގުވާމީ ބާޒާރުތަކާ ގުޅުވައިދޭ ހޮޅިލައިން ފަޅައިގެން ގޮސް، ސާފު ނުކުރާ ތެޔޮ ފޯރުކޮށްދިނުން އަލުން ފަށަން އުޅޭ ކަމަށެވެ.

ތުރުކީވިލާތުގެ ދެކުނުގައި އޮންނަ ކިރްކޫކް-ސީހާން ލިންކް ގައި އަންގާރަ ދުވަހު ގޮއްވާލި ބާރުގަދަ ގޮވުމުގެ ސަބަބުން، ބައިނަލްއަގުވާމީ ފެންވަރުގައި ސާފުނުކުރާ ތެލުގެ އަގު ވަނީ ހަތް ގުނަ އުފުލިފައެވެ.

މި ޕައިޕްލައިންގައި އާންމު ގޮތެއްގައި އިރާގުގެ އުތުރުގައި އޮންނަ ތެޔޮ ވަޅުތަކުން ފެށިގެން މެޑިޓަރޭނިއަން ކަނޑުގައި އޮންނަ ތުރުކީގެ ބަނދަރަކާ ހަމައަށް ދުވާލަކު 450،000 ބެރެލްއަށް ވުރެ ގިނަ ބެރެލް އުފުލައެވެ.

ތުރުކީވިލާތުގެ ސެޓެޓް އޮއިލް އޮޕަރޭޓަރ ބޮޓާސް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ފަތިހު ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށާއި، ނަމަވެސް ބޮން ގޮއްވާލީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ.

ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ ގައުމުގެ ސަރުކާރުން ބުނީ “ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ” ކަމަށާއި ތެލުގެ ފްލޯތައް އަލުން ފަށާނީ އޭގެ ފަހުން ކަމަށެވެ.

މި ބޮން ގޮއްވާލާފައިވަނީ ތުރުކީގެ ދެކުނުގެ ކުޑަ އާބާދީއެއް އޮންނަ ސަރަހައްދެއްގައެވެ.

ސޯޝަލް މީޑިއާގައި ހުރި ފޮޓޯތަކުން ފެންނަ ގޮތުގައި ސްނޯއިން ފޮރުވިފައިވާ ދަނޑުތަކުގައި ރޭގަނޑުގެ އުޑުމަތި އަލިކޮށް، ބޮޑެތި އަލިފާން ފަރުބަދަތައް ފެންނަން ހުއްޓެވެ.

ޓެގް

އިރާގު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.