ޚަބަރު ކޮވިޑްކޭސްތައް ކަންބޮޑުވާ މިންވަރަށް މައްޗަށް އަރައިފި – ރައީސް މައުމޫން

ކޮވިޑްކޭސްތައް ކަންބޮޑުވާ މިންވަރަށް މައްޗަށް އަރައިފި – ރައީސް މައުމޫން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ކޮވިޑް ކޭސްތައް ކަންބޮޑުވާ މިންވަރަށް އަރައިފިކަމަށް ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްޙޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑް ކޭސްތައް އިއްޔެ 1200 އަރައިފިކަމަށާއި މިއީ ކަންބޮޑުވާ ވަރުގެ ޢަދަދެއްކަމަށެވެ. އަދި މިއީ އެންމެންވެސް ކަންބޮޑުވާންޖެހޭ ކަމެއްކަމަށާއި އެންމެން މަސައްކަތްކޮށްގެން ޢަދަދު ތިރިކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ދާދި ފަހުންވެސް ރައީސް މައުމޫނުވަނީ ރާއްޖޭގައި ކޮވިޑާއިގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރުމަށް ގޮވާލައްވާފައެވެ.

ރާއްޖެއިން އިއްޔެ 1209 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެގޮތުން ހަމައެކަނި މާލެއިންވެސްވަނީ 500 އަށްވުރެ ގިނަމީހުން އިއްޔެ ކޮވިޑަށް ފައްސިވެފައެވެ.

ޓެގް

މައުމޫން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.