ކުޅިވަރު ލީގު ކަޕްގެ ފައިނަލަށް ދިއުމުގެ އުންމީދު އާސެނަލް އިން އިތުރުކޮށްފި

ލީގު ކަޕްގެ ފައިނަލަށް ދިއުމުގެ އުންމީދު އާސެނަލް އިން އިތުރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކުޅުނު އާސެނަލު، ލިވަޕޫލް މެޗް 0-0 އިން އެއްވަރުކޮށް މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު އާސެނަލް އިން ބޮޑުކޮށްފި އެވެ.

އެގޮތުން އަންނަ ހަފްތާގައި އާސެނަލް ދަނޑުގައި ކުޅޭ ލެގުން އެޓީމް މޮޅުވެއްޖެނަމަ، އެ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދޭނެ އެވެ.

މި މުބާރާތުގެ ފައިނަލް އަންނަ މަހު 27 ވަނަ ދުވަހު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ ޗެލްސީންނެވެ. އެއީ ސެމީގެ ދެ ލެގުގައި ވެސް ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްގެންނެވެ.

ލިވަޕޫލާއި އާސެނަލް ކުޅެން އޮތް ސެމީ ފައިނަލް މެޗު މިދިޔަ ހަފްތާގައި ކުރިއަށް ގެންދަން އެންމެ ފުރަތަމަ ޝެޑިއުލްކުރި ނަމަވެސް ލިވަޕޫލްގައި ކޮވިޑްގެ ހާލަތު ގޯސްވުމުން މި ހަފްތާ އަށް ފަސްކުރީ އެވެ. ފުރަތަމަ ލެގު ކުރިން ކުޅެން އޮތީ އާސެނަލް ދަނޑުގަ އެވެ. އެކަމަކު، ޝެޑިއުލަށް ގެނައި ބަދަލާ އެކު ފުރަތަމަ ލެގު ލިވަޕޫލް ދަނޑަށް ބަދަލުކުރީ އެވެ.

ރޭގެ މެޗު ކުޅުނުއިރު، ކޮވިޑަށް ޕޮޒިޓިވްވެގެން އާސެނަލްގެ މާޓިން އޮޑެގާޑާއި އެމީލް ސްމިތު ރޯވް ވަނީ އައިސޮލޭޝަނަށް ދާން ޖެހިފަ އެވެ. އަދި އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅެން ގޮސް ހުރުމުން ދެ ޓީމުގެ ވެސް މުހިންމު ކުޅުންތެރިންތަކެއް ހުރީ ޓީމާ ދުރުގަ އެވެ. ހާއްސަކޮށް ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހު ނެތުމުގެ މައްސަލަ ލިވަޕޫލް އެޓޭކުން ފެނުނެވެ.

ޓެގް

އާސެނަލް ލީގްކަޕް ލިވަޕޫލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.