ބޭރުދުނިޔެ

ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓް ހަމަލާ ތަކެއް ދީފި

އިރާގުގެ ސަލާމަތީ ބާރުތަކުގެ ދެ އޮފިޝަލަކު ވިދާޅުވީ ބުރާސްފަތި ދުވަހު ބަޣުދާދުގެ ވަރުގަދަ ސަލާމަތީ ބާރުތަކުން ވަރުގަދަކޮށްފައިވާ ގްރީން ޒޯންގައި ހުންނަ އެމެރިކާ އެމްބަސީއަށް މަދުވެގެން ހަތަރު ރޮކެޓް އަމާޒުވި ކަމަށެވެ. އެ ސަރަހައްދަކީ ޑިޕްލޮމެޓިކް މިޝަންތަކާއި އިރާގު ސަރުކާރުގެ މުހިންމު ތަންތަން ހިމެނޭ ސަރަހައްދެކެވެ.

އޭގެ ތެރެއިން ތިން މިސައިލް ހަމަލާ ދީފައިވަނީ އެމެރިކާ އެމްބަސީގެ ތަންތަނަށް ކަމަށް އޮފިޝަލުން ބުނެ އެވެ. އަދި ކައިރީގައި ހުރި ރެސިޑެންޝަލް ކޮމްޕްލެކްސްއެއްގައި ހުރި ސްކޫލަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް މީޑިއާއަށް މަޢުލޫމާތު ދެއްވި އޮފިޝަލުން ވިދާޅުވީ، ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށާއި، ނަމަވެސް އެ އޮފިޝަލުންނަށް މީޑިއާތަކާ ވާހަކަ ދެއްކުމުގެ ހުއްދަ ލިބިފައި ނުވާކަމަށެވެ.

އިރާގުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހަމަލާގައި އަންހެން ކުއްޖަކާއި އަންހެނަކު ޒަޚަމްވެފައިވާ ކަމަށާއި، އިތުރު ތަފްސީލެއް ނުދެއެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ރޮކެޓްތައް އުދުއްސާލާފައި ވަނީ ބަޣުދާދުގެ ޑޯރާ އަވަށް ތަކުން ކަމަށެވެ.

މަންޒަރު ދުށް މީހުން ބުނިކަމަށް ރިޕޯޓްކޮށްފައިވަނީ ހަމަލާ ދިން ވަގުތު އެމްބަސީގެ ސީ-ރާމް ޑިފެންސް ސިސްޓަމް ގައި ހުރި ރޮކެޓްތަކާއި އާޓިލަރީ އަދި މޯޓަރު ގޮއްވުންތައް ގޮވައި އެތަންތަން ހަލާކުކޮށްލާއަޑު އިވުނު ކަމަށެވެ.

މި ހަމަލާއަކީ، އީރާނުގެ ޖެނެރަލް ޤާސިމް ސުލެއިމާނީއާއި، އިރާގުގެ މިލިޝިއާކޮމާންޑަރު އަބޫ މަހްދީ އަލް މުހަންދިސް އަވަހާރަކޮށްލިތާ 2 އަހަރު ފުރުމާ ދިމާކޮށް، އިރާގުގައި އެމެރިކާ ސިފައިން ތިބޭ ތިބުމަށް އަމާޒުކޮށް ދިން ރޮކެޓް އަދި ޑްރޯން ހަމަލާތަކުގެ ތެރެއިން އެންމެ ފަހު ހަމަލާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close