މުނިފޫހި ބޮލީވުޑްގެ މެގަސްޓާ ޝާހް ރުކް ޚާންގެ ގެއެއް ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

ބޮލީވުޑްގެ މެގަސްޓާ ޝާހް ރުކް ޚާންގެ ގެއެއް ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޮލީވުޑްގެ މެގަސްޓާ ޝާހް ރުކް ޚާންގެ މުމްބާއީ ގެއެއް ކަމަށްވާ މަންނާތު ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ބުނާ މީހަކު ދާދި ފަހުން މަދްޔަ ޕްރަދޭޝްގެ ފުލުހުން ވަނީ ޖަބަލްޕޫރުގައި ހައްޔަރުކޮށްފަ އެވެ.

ހައްޔަރުކޮށްފައިވާ ، ޖީތޭޝް ތަކުރުގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު މަހާރާޝްތުރާ ފުލުހުންގެ ކޮންޓްރޯލް ސެންޓަރަށް ގުޅައި، ބަންދްރާގެ މަންނާތު ހިމެނޭ ގޮތަށް މުމްބާއީގެ ގިނަ ސްޕޮޓްތަކެއް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ކަމުގެ ތުހުމަތެވެ.

ރިޕޯޓްތައް ބުނާގޮތުން، ގޮތް ނޭނގޭ ކޯލަކުން މުމްބާއީގެ ގިނަ ލޮކޭޝަންތަކެއް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ކަމަށާއި، އޭގެ ތެރޭގައި ޗަތްރަޕަތީ ޝިވާޖީ މަހާރާޖް ޓާމިނަލް (ސީއެސްއެމްޓީ)، ކުރަލާ ރެއިލްވޭ ސްޓޭޝަން އަދި އަވަށްޓެރި ނާވީ މުމްބާއީގެ ބައެއް ތަންތަން ހިމެނޭ ކަމަށް މުމްބާއީގެ ފުލުހުން ބުނެއެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އިންޑިއާގެ ޕީނަލް ކޯޑް (އައިޕީސީ)ގެ 182، 505 އަދި 506 ވަނަ މާއްދާގެ ދަށުންނެވެ.

ޓެގް

ޝާހްރުކްޚާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.